ޓްރެވަލް + ލެއިޝަރ އިންޑިއާސް ބެސްޓް އެވޯޑްސް 2022 އިންޓަނޭޝަނަލް ކެޓަގަރީއިން ‘ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން’ ގެ އެވޯޑް ދިވެހިރާއްޖެއިން ހާސިލްކޮށްފިއެވެ.

މި އެވޯޑް އިއުލާންކޮށްފައިވަނީ މިމަހުގެ 16 ގައި ނިއުދިއްލީގެ އައިޓީސީ މައުރިޔާގައި ބޭއްވި ރީޑާސް ޗޮއިސް ޓްރެވަލް + ލެއިޝަރ އިންޑިއާގެ ބެސްޓް އެވޯޑްސް 2022 ގެ 11 ވަނަ އެޑިޝަންގައެވެ.

Ad
rt

މި އެވޯޑާ ހަވާލުވީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނާ-ޑެޒިގްނޭޓް އިބްރާހީމް ޝަހީބެވެ.

ޓްރެވެލް + ލެއިޝަރގެ ބެސްޓް އެވޯޑްސްއިން ފަތުރުވެރިކަމުގެ ދާއިރާއިގެ އެންމެ މަގުބޫލު ކުންފުނިތައް ފާހަގަކުރެއެވެ. މި އެވޯޑަށް ވަނަތައް ހޮވަނީ 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އޮންލައިން ވޯޓިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. މި އެވޯޑްތައް އިއުލާންކޮށްފައިވަނީ ޓްރެވަލް ކޮމިއުނިޓީ އެއްކޮށްލާ ހާއްސަ ގާލާއެއްގައެވެ.

މި ފަހުން، އިންޑިއާ އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ މުހިންމު މާކެޓެވެ. 9 ނޮވެމްބަރުގެ ނިޔަލަށް އިންޑިޔާ މާކެޓްއިން 195،015 ފަތުރުވެރިން ޒިޔާރަރްކޮށްފައިވާއިރު މިއީ %14 މާކެޓް ޝެއާއެވެ. 2020 ވަނަ އަހަރު ވެސް އިންޑިއާ ވީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަށެވެ. އެއީ %11.3 ގެ މާކެޓް ހިއްސާ އާއެކު 62،960 އެރައިވަލްސް އެވެ. އަދި 2021 އަހަރު ވެސް އިންޑިއާ އަކީ ރާއްޖޭގެ ޓޮޕް މާކެޓެވެ. އެ އަހަރު 278،740 އަށް ވުރެ ގިނަ ފަތުރުވެރިންނާ އިންޑިއާ އިން ރާއްޖެއަށް ޒިޔާާރަތްކުރިއެވެ، އެއީ އެ އަހަރުގެ ޖުމުލް އެރައިވަލްގެ %22.6 އެވެ.

މި ޝަރަފުވެރި އެވޯޑަކީ އިންޑިއާގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މާކެޓިންގެ އެކިއެކި ހަރަކާތްތަކުގެ ނަތީޖާއެވެ. ދާދި ފަހުން ރާއްޖެއިން ވަނީ ޖެހިޖެހިގެން ތިން ވަނަ އަހަރު - 2020، 2021، އަދި 2022 ގައި - ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ މަގާމު ހޯދާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެމްއެމްޕީއާރުސީއިން މި އަހަރު ވަނީ "ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑް" ގެ މަގާމުވެސް ކާމިޔާބުކޮށްފައެވެ.