އެެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް ޓެކްސީ ޑްރައިވަރުން އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގައިފި އެވެ.
މި ޕްރޮގުރާމާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިޕްރޮގްރާމްތަކުގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި 145 މީހުން ބައިވެރިވި 143 މީހުން އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރ 15 އިން 20 އަށެވެ.
ޓެކްސީ ޑްރައިވަރުން ތާޒާކުރުމަށް މި މަހު 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 104 މީހުން ބައިވެރިވިއެވެ.
މިއީ، ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި އެ ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެއް ކަމަށް ފުލުހުން ބުންޏެވެ.
ރޯޑް ޕޮލިހުން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އެގޮތުން އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާއި ޓެކްސީ ކުރުމުގެ ގަވާއިދަށް އަލިއަޅުވާލައި އޭގައިވާ މުހިންމު ކަންކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ވަކިވަކިން ކުރިއަށްގެންދިޔަ އެ ދެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!