ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު ޒުވާނާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އެރަށު ނޫރަންވިލާ، ޙުސައިން ޢާލިމް (31އ) އެވެ.

Ad
rt

ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ.

‏މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

“މި މަހު 23 ވަނަ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ”

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

9:45 ގައި ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، 21:35 އެހައިކަންހާއިރު މާލެއިން އެމީހާ ފެނިފައިވާކަމަށެވެ. މީހާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.