ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް ކަމަށްވާ "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" އަންނަ ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫ ނޭޝަނުން އިއުލާނުކޮށްފިއެވެ.

މި ފެސްޓިވަލްގައި އުރީދޫ ނޭޝަންގެ ކޮންޓެންޑަރ ސީރީޒްތަކުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން ޖުމްލަ 100،000 ރުފިޔާގެ އިނާމަށް ވާދަކުރާނެއެވެ. މުބާރާތުގައި ކުޅުންތެރިން ވާދަކުރާނީ ޕަބްޖީ މޮބައިލް، އީ.އޭ.އެފް.ސީ އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕްތަކުގައެވެ.

Ad
rt

މީގެ އިތުރުން، "އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑް 2024" ގައި "އަލްޓިމޭޓް ޕްލޭޔަރ އޮފް ދަ އިޔަރ" ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އެވޯޑަށް ކުޅުންތެރިން އިވެލުއޭޓްކުރާނީ ޖަޖުންގެ ޕެނަލަކުންނާއި އާންމުންގެ ވޯޓުންނެވެ. ޖަޖުންގެ ސްކޯއިން ފައިނަލް ސްކޯގެ 60 ޕަސެންޓް އަދި އާންމުންގެ އެސްއެމްއެސް ވޯޓުން 40 ޕަސެންޓް ހިމެނޭނެއެވެ.

އުރީދޫ ނޭޝަނުން ބުނީ މި ފެސްޓިވަލަކީ ގޭމް ކުޅޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށްވެސް އުފާވެރި، މަޖާ އަދި ފޯރިގަދަ އިވެންޓެއްގެ ގޮތުގައި ރޭވިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް އެއްތަނަކުން ބައްދަލުވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ފުރުޞަތެއް ކަމަށްވެސް ބުންޏެވެ.

ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަނުން ވަނީ ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ދަޢުވަތު އަރުވާފައެވެ. އިތުރު މަޢުލޫމާތު އުރީދޫ ނޭޝަންގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.