އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "ކޮންމެ 3 ދުވަހަކުން ސައިކަލެއް" ޕްރޮމޯޝަންގައި މިހާތަނަށް 25 ނަސީބުވެރިން ހޮވިފައިވާކަމަށާއި އަދި އިތުރު 5 ސައިކަލެއްގެ ނަސީބުވެރިން ހޮވަން އޮތްކަމަށާއި، ކަސްޓަމަރުންނަށް އަދިވެސް މި ޕްރޮމޯޝަންގައި ބައިވެރިވެ އިނާމު ހޯދުމުގެ ފުރުސަތު އޮތްކަމަށް އުރީދޫއިން ހާމަކޮށްފި އެވެ.

ބާކީ ހުރި ސައިކަލުތަކުގެ ތެރޭގައި 2 އެއަރބްލޭޑް 160 ސްޓޭންޑަރޑް އެޑިޝަން، 1 އެއަރބްލޭޑް 125 ސްޓޭންޑަރޑް އެޑިޝަން، ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު ކަމުގައިވާ ޕީސީއެކްސް 160، އަދި މުޅި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 2024 ރެބެލް 300 ސައިކަލު ހިމެނެއެވެ.

Ad
rt

މި ޕްރޮމޯޝަން ފެށިފައިވަނީ 23 ސެޕްޓެމްބަރު 2024 ގައެވެ. އަދި މި ޕްރޮމޯޝަން ނިމޭނީ 31 ޑިސެމްބަރު 2024 ގައެވެ. ޕްރޮމޯޝަން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރި ފަރާތްތަކަށް ދެވޭނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރެއްނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބައްލަވައިގަނެފައިވާންވާނެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަންވާނެއެވެ. މީގެ އިތުރުން އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވެސް ވާންޖެހޭނެއެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި މިއީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއްވެސްމެއެވެ.

ނަސީބުވެރި ފަރާތްތަކުގެ މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިޢުލާނު ކުރަމުންދާނެ ކަމަށް އުރީދޫއިން މަޢުލޫމާތު ދީފައިވެއެވެ.

"މި ޕްރޮމޯޝަންގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ އުފާވެރިކަން ދެކެ އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހެއެވެ. އަދި އަދިވެސް ބާކީ އޮތް 5 ސައިކަލުގެ ތެރޭގައި އެންމެ އަގުހުރި ރެބެލް 300 ހިމެނޭތީ، ކަސްޓަމަރުންނަށް މި ފުރުޞަތު ބޭނުންކޮށްލުމަށް އަޅުގަނޑު ގޮވާލަމެވެ."

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގެ ސަބަބުން އުރީދޫގެ ކަސްޓަމަރ ބޭސް އިތުރުވެ، ޚިދުމަތްތަކުގެ ބޭނުންކުރުން އިތުރުވެފައިވާކަމަށް އުރީދޫއިން ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް 5ޖީ ޚިދުމަތަށް ކަސްޓަމަރުން ޝައުޤުވެރިކަން އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.