ޓްރާންސްފޯމަރ ވަގު ހިފުމުން ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ"
ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ “މެޑަލް އޮފް ބްރޭވަރީ” އަރުވައި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް ވަނީ އެކަމުގެ ހަނދާނީ ލިއުމެއް އަރުވާފައެވެ. ސްޓެލްކޯއިން މިއަދު މީސްމީޑިއާގައި ހިއްސާކުރި މަޢުލޫމާތެއްގައި ބުނެފައިވަނީ، މި މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާސްއާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައި...