އޮޅުމަކުން ހިލޭ ދެވުނު ވޯލްޑް ކަޕްގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އަންގައިފި
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓްތަކެއް، ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް ހިލޭ ލިބިފައިވާކަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކަށަވަރުކޮށްދީފިއެވެ. ފީފާއިން ހާމަކުރި ގޮތުގައި، ޗެކްއައުޓް މަރުހަލާގައި ދިމާވި “ޕޭމަންޓް އިޝޫ” އެއްގެ ސަބަބުން ގާތްގަނޑަކަށް 60 ސަޕޯޓަރަކަށް ވަނީ “0 ޔޫއެސްޑީ” ނުވަތަ އެއްވެސް އަގަކާ ނުލައި ޓިކެޓް ކަށަވަރުވެފައެވެ. މި މައްސަލައާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،...