އީރާނުގެ އިންޒާރުތަކާއި ޓްރަމްޕްގެ ފޯނު ކޯލަށްފަހު އިޒްރޭލުން ބައިރޫތަށް ބޮން އެޅުން ހުއްޓާލައިފި
ލުބުނާނުގެ ވެރިރަށް ބައިރޫތަށް ދެމުންދިޔަ ވައިގެ ހަމަލާތައް އިޒްރޭލުން މެދުކަނޑާލާފައިވާ ކަމަށް އިޒްރޭލުގެ ރަސްމީ މީޑިއާ، ކާން އިން ރިޕޯޓްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އީރާނުން ދިން ވަރުގަދަ އިންޒާރުތަކަކާއި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ކުރެވުނު ފޯނު ކޯލަކަށް ފަހުގައެވެ. އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބައިރޫތުގެ ދެކުނު ސަރަހައްދުތަކުގައިވާ ހިޒްބުاللهގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް...