ޣައްޒާގެ އެހީތެރިޔާ އަލް-ވަހީދީ މިސްރުގެ މެޗު ފެށުމުގެ ކުރިން އިސްރާއީލުން ޝަހީދުކޮށްލި
އިއްޔެ އަކީ މިޞްރުގެ ފުޓްބޯޅަ ތާރީޚުގައި އެ ޤައުމުން ކުޅޭނެ އެންމެ މުހިންމު އެއް މެޗު އޮތް ދުވަހެވެ. ޣައްޒާ ސިޓީގައި ހުންނަ މިޞްރުގެ ކޮމިޓީގެ ޑައިރެކްޓަރު މުޙައްމަދު ފަވާޒް އަލް-ވަހީދީ ދިޔައީ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ބޮޑު ސްކްރީންތައް ބަހައްޓައި، އެންމެން އެކުވެގެން މެޗު ބަލާލެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ނަމަވެސް އެ މެޗު ބަލާލުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. މެޗު ފެށުމުގެ ކުރިން، އިސްރާއ...