އިއްޔެ އަކީ މިޞްރުގެ ފުޓްބޯޅަ ތާރީޚުގައި އެ ޤައުމުން ކުޅޭނެ އެންމެ މުހިންމު އެއް މެޗު އޮތް ދުވަހެވެ. ޣައްޒާ ސިޓީގައި ހުންނަ މިޞްރުގެ ކޮމިޓީގެ ޑައިރެކްޓަރު މުޙައްމަދު ފަވާޒް އަލް-ވަހީދީ ދިޔައީ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ބޮޑު ސްކްރީންތައް ބަހައްޓައި، އެންމެން އެކުވެގެން މެޗު ބަލާލެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ނަމަވެސް އެ މެޗު ބަލާލުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. މެޗު ފެށުމުގެ ކުރިން، އިސްރާއީލުން އޭނާގެ ކާރަށް އަމާޒުކޮށް ދިން ހަމަލާގައި އޭނާ ވަނީ ޝަހީދުކޮށްލާފައެވެ.

މިއީ އިންތިހާއަށް އަނިޔާވެރި އަމަލެކެވެ. އާއިލާތަކުން އެމީހުންގެ ދަރިންނާއެކު އާދައިގެ ދިރިއުޅުމުގެ ކުޑަ ހިނދުކޮޅެއް ހޭދަކޮށްލަން ތައްޔާރުވަމުން ދަނިކޮށް، އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ހިތްދަތި ހަގީގަތުން އެ ވަގުތުކޮޅު ފޭރިގަތީއެވެ.

Ad
rt

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކުޅިވަރަކީ ހިތްހަމަޖެހުމެކެވެ. ނަމަވެސް ޣައްޒާގައި، ފުޓްބޯޅަ މެޗެއް ބަލާލުމަށް ކުރާ މަސައްކަތަށްވެސް އިސްރާއީލުގެ ގަސްދުގައި ދޭ ހަމަލާތަކުން ސަލާމަތެއް ނުވެވެއެވެ. ޣައްޒާގެ ރައްޔިތުންނަކީ ކުޑަ ހިނދުކޮޅެއްގެ އުންމީދަށްވުރެ ބޮޑު އިހުތިރާމެއް ހައްގު ބަޔެކެވެ. އެމީހުންނަށް އޮތީ ބިރުވެރިކަމެއް ނެތި ދިރިއުޅުމުގެ ޙައްޤު، އުފާފާޅުކުރުމުގެ ޙައްޤު، އަދި ކޮންމެ ވަގުތެއްގައި ޝަހީދުކޮށްލާފާނެ ކަމުގެ ބިރެއް ނެތި ހުވަފެން ދެކުމުގެ ޙައްޤެވެ.

އަލް ވަލީދީ ހަމަޖައްސައިދިން އިންތިޒާމްތަކާއެކު ޣައްޒާގެ ރައްޔިތުން މިސްރުގެ މެޗު ބަލަނީ

ޣައްޒާ ސިޓީގައި ހުންނަ މިޞްރުގެ ކޮމިޓީގެ ޑައިރެކްޓަރު މުޙައްމަދު ފަވާޒް އަލް-ވަހީދީ، އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާއިރު، މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އިސްރާއީލުގެ ޑްރޯންއަކުން މިސައިލް ހަމަލާދީފައިވަނީ ޣައްޒާ ސިޓީގެ މެދުތެރޭގައި ހުންނަ އަލް-ޖަޒީރާ ކްލަބް ކައިރިން އަލް-ވަހީދީ ދަތުރުކުރި ކާރަށެވެ. މި ހަމަލާގައި އުމުރުން 55 އަހަރުގެ އަލް-ވަހީދީ ޝަހީދުވިއިރު، އޭނާއާއެކު ދަތުރުކުރި އިތުރު ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އޭނާގެ ހަށިގަނޑު އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް ގެންދެވުނުއިރު، ޖަނާޒާގެ ކުރިން އިހުތިރާމް އަދާކުރުމަށްޓަކައި ޣައްޒާ ސިޓީގެ އަލް-ޞަބްރާ އަވަށުގެ އެތައް ސަތޭކަ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.

އަލް ވަލީދީ ހަމަޖައްސައިދިން އިންތިޒާމްތަކާއެކު ޣައްޒާގެ ރައްޔިތުން މިސްރުގެ މެޗު ބަލަނީ

ލޯކަލް އޮފިޝަލުންނާއި، މުޖުތަމައުގެ އިސްވެރިންނާއި، އާންމު ރައްޔިތުން ވަނީ އޭނާ ވަކިވެދިއުމުގެ ހިތާމައިގައި ބައިވެރިވެ، ތައުޒިޔާ ފޮނުވާފައެވެ. އެފަރާތްތަކުން ފާހަގަކުރި ގޮތުގައި، އަލް-ވަހީދީ އަކީ ޣައްޒާގައި މިޞްރުގެ ކޮމިޓީން ހިންގަމުންދިޔަ އިންސާނީ އެހީތެރިކަމާއި ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސްކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، އަލް-ވަހީދީއަކީ ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމާއި، އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައި އެތައް އަހަރެއްވަންދެން މެދުނުކެނޑި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އަލް ވަލީދީ ހަމަޖައްސައިދިން އިންތިޒާމްތަކާއެކު ޣައްޒާގެ ރައްޔިތުން މިސްރުގެ މެޗު ބަލަނީ

މި ހަމަލާއަކީ ޣައްޒާގައި އިންސާނީ އެހީތެރިކަމާއި ރިލީފް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށް އިސްރާއީލުން ބަދަލުހިފުމުގެ ރޫހެއްގައި ނިޒާމީ ގޮތެއްގައި ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ.

އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތައް ފެށުނީއްސުރެ، މިހާތަނަށް ލޯކަލް އަދި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ އެތައް ދިހަ މުވައްޒަފުންނެއް ވަނީ ޝަހީދުކޮށްލާފައެވެ.