2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރުމަށް ހޯމަ ދުވަހުގެ ރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ލަނޑު ޖަހައި މޮރޮކޯ ސަލާމަތްކޮށްދިން އީސާ ދިއޮޕް، އޭނާގެ ކާމިޔާބީގެ ފަހަތުގައިވަނީ އިސްލާމީ އަގީދާކަން ހާމަކޮށްފިއެވެ.
މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ދިއޮޕް ބޮލުންޖަހައި ކާމިޔާބުކޮށްދިން ރީތި ކަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވެ، މޮރޮކޯ ވަނީ ޕެނަލްޓީ ޖަހައިގެން މެޗުން މޮޅުވެފައެވެ.
"އަހަރެމެންނަކީ މުސްލިމުން. އަހަރެމެން މި ދުނިޔޭގައި އުޅެނީ ވަރަށް ކުރު ވަގުތުކޮޅަކަށް. ހުރިހާ ކަމަކީވެސް ﷲ އަށްޓަކައިވާ ކަންތައްތައް، އަދި އެކަލާނގެއަށް ޝުކުރުވެރިވުން،" މެޗަށްފަހު ވާހަކަދައްކަމުން ދިއޮޕް ބުނެފަވެއެވެ. މިއީ އޭނާގެ ކާމިޔާބީއާ މެދު އޮތް ވަރުގަދަ އިސްލާމީ ތަސައްވަރު ހާމަކޮށްދިން ވާހަކަތަކެކެވެ.
މޮރޮކޯގެ އީސާ ދިއޮޕް މެޗަށްފަހު ކޯޗާއެކު، ފޮޓޯ: ގެޓީ އިމޭޖްސް
ދިއޮޕްގެ މި ބަސްތަކުން ދޭހަކޮށްދެނީ ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ ތަނެއް ކަމާއި، ކޮންމެ ކަމެއްގައިވެސް މުސްލިމުން އިސްކުރަންޖެހޭނީ ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެއަށް ޝުކުރުވެރިވުން ކަމެވެ.
ފްރާންސަށް އުފަންވި ނަމަވެސް މޮރޮކޯ ތަމްސީލުކުރާ ދިއޮޕް ވަނީ އޭނާގެ އަމިއްލަ ވަނަވަރަށްވުރެ ބޮޑަށް އޭނާގެ ދީނީ އައިޑެންޓިޓީއަށް އިސްކަންދީފައެވެ.
Issa Diop after scoring Morocco's late equaliser against the Netherlands:
"We are Muslims. We are here for a short time on this earth. Everything is about Allah and thanking Him." ☝
@One_Dawah pic.twitter.com/5m7gH5RQJZ
— Faithfull Ballers (@FaithfullBaller) June 30, 2026
ކުޅިވަރުގެ ދުނިޔޭގައި އަމިއްލަ އެދުމާއި މަޝްހޫރުކަން އިސްކުރާ މި ދަނޑިވަޅުގައި، ދިއޮޕްގެ މިފަދަ ވާހަކަތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. މޮރޮކޯ ޓީމުގެ ގިނަ ކުޅުންތެރިންނަކީވެސް އެމީހުންގެ ކާމިޔާބީތައް ދީނީ އަގީދާއާ ގުޅުވާ ކުޅުންތެރިންކަން ފާހަގަކުރެވެއެވެ.
މޮރޮކޯގެ ކާމިޔާބީގައި ކުޅުންތެރިން ވަނީ ޝުކުރުގެ ސަޖިދައަށްތިރިވެ، އެ ކުޅުންތެރިންގެ ދީނީ ރޫޙް ދައްކުވައިދީފައެވެ.
Morocco’s players and staff turned to Allah in prayer before the penalty shootout against the Netherlands , seeking strength for the decisive moment. ☝
And they prevailed. ❤️
“Victory is only from Allah, the Almighty, the All-Wise.”
— Qur’an 3:126#Worldcup2026 pic.twitter.com/PlM6qXZR0e— Encrypted Layman (@FreddieFaizaan) June 30, 2026
މި މެޗުން މޮޅުވުމާއެކު މޮރޮކޯ މިވަނީ މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލާފައެވެ. ދިއޮޕްގެ މި ހިތްވަރުގަދަ ލަނޑާއި އޭނާގެ މާނަފުން ބަސްތަކަކީ މުބާރާތުގެ މިހާތަނަށް ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއެވެ.
ގަދަ 16 ގައި މޮރޮކޯ ދެން ބައްދަލުކުރާނީ ހޫސްޓަންގައި އަންނަ ހޮނިހިރު ދުވަހު ކެނެޑާއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!