ނަތަންޔާހޫގެ އެމެރިކާ ދަތުރުގައި އިހުތިޖާޖުތަކާ ކުރިމަތިވެއްޖެ
ހައްދުފަހަނާ އަޅާފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީއަށް ދިޔުމުން އެތައް އިހުތިޖާޖުތަކަކާ ކުރިމަތިވެއްޖެއެވެ. ނަތަންޔާހޫ ވޮޝިންގްޓަނަށް ދިޔައީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރައްވައި، ނައިބު ރައީސް ކަމަލާ ހެރިސް އަށް އެންޑޯޒްކުރެއްވި ދުވަހުގެ އަނެއް ދުވަހެވެ. ނަތަންޔާހޫ ކޮންގްރެސްގައި ދިން ތަޤްރީރަށް ޑިމޮކްރެޓިކް ޕާޓީގެ އެތައް މެންބ...