އޯޕަންއޭއައި އިން ޗެޓްޖީޕީޓީ އެންޓަރޕްރައިސްއަށް ވިޔަފާރިތަކަށް އަމާޒުކޮށްގެން އިތުރު ކޮންޓްރޯލްތަކެއް ތަޢާރަފުކޮށްފިއެވެ. މި އަޕްޑޭޓްތަކުގެ އަމާޒަކީ ކޮމްޕްލަޔަންސް، ޑޭޓާ ސެކިއުރިޓީ އަދި ޖެނެރޭޓިވް އޭއައި އަށް އެކްސެސް ފުޅާކުރުމެވެ.

މި ގޮތުން ތަޢާރަފުކޮށްފައިވާ އެންޓަރޕްރައިސް ކޮމްޕްލަޔަންސް އޭޕީއައި އިން ޖީޑީޕީއާރު، ހިޕާ އަދި ފިންރާ ފަދަ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރުމަށް މަގުފަހިކޮށްދެއެވެ. މި އޭޕީއައި އިން އޮޑިޓްކުރުމަށްޓަކައި ހުރިހާ އިންޓަރެކްޝަންތަކެއްގެ ތަފްސީލީ އަދި ވަގުތު ޖަހާފައިވާ ރެކޯޑުތައް ފޯރުކޮށްދެއެވެ.

Ad
rt

އޯޕަންއޭއައި އިން އެކި ކުންފުނިތަކާއެކު ތާޑް ޕާޓީ އިންޓެގްރޭޝަންތައް ވެސް ތަޢާރަފުކޮށްފައިވެއެވެ. މިއީ ޑޭޓާ އާކައިވްކުރުމާއި، އޮޑިޓް ޓްރެއިލްތައް އަދި ޕޮލިސީ ތަންފީޒުކުރުމަށްޓަކައެވެ. އަދި ބީޓާ ވަރޝަނެއްގެ ގޮތުގައި އައު އައިޑެންޓިޓީ މެނޭޖްމަންޓް ސިސްޓަމެއް ވެސް ތަޢާރަފުކޮށްފައިވެއެވެ. މި ސިސްޓަމް ގިނަ ކުންފުނިތަކުގެ ޑައިރެކްޓަރީތަކާއެކު މަސައްކަތްކުރާނެއެވެ.

އޯޕަންއޭއައި އިން ވަނީ އެއްވެސް ކަސްޓަމަރެއްގެ ޑޭޓާ ނުވަތަ މެޓަޑޭޓާ މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންނުކުރާނެކަން ކަށަވަރުކޮށްދީފައެވެ. އަދި ޑޭޓާ ރައްކާކޮށްފައި ހުންނައިރުވެސް އަދި ފޮނުވާއިރުވެސް އެންކްރިޕްޓްކުރެވޭނެއެވެ.

ޗެޓްޖީޕީޓީ އެންޓަރޕްރައިސްގެ 600،000 އަށްވުރެ ގިނަ ޔޫސަރުން ތިބިކަމަށް ބެލެވެއެވެ. އެސްއެމްބީތަކަށާއި އާންމު ފަރުދުންނަށް އަގުހެޔޮ ސަބްސްކްރިޕްޝަންތައްވެސް ލިބެން ހުންނާނެއެވެ.