އައިއޭއީއޭގެ ބޯޑުގެ އީރާނާ ދެކޮޅު ޤަރާރަށް ހަތަރު ގައުމެއްގެ ތާއީދު
ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ)ގެ ބޯޑުން އީރާނާ ދެކޮޅަށް ފާސްކުރި ޤަރާރަށް އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތުން މަރުޙަބާ ކިޔައިފިއެވެ. މި ހަތަރު ގައުމުން ބުނީ، މި ޤަރާރަކީ އީރާނުގައި ހުރި ނިއުކްލިއަރ މެޓީރިއަލްތަކާ ގުޅޭ ގޮތުން ދިގު މުއްދަތެއް ވަންދެން ޖަވާބުދާރީ ނުވެ ހުރި މައްސަލަތަކަށް ޖަވާބު ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ. މި ހަތަރު ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ސުލްޙަވެރި ބޭނުންތ...