ޔުގަންޑާގެ އިދިކޮޅު ސިޔާސީ ލީޑަރު ކިއްޒާ ބެސިގޭ (68 އަހަރު) ކެންޔާއިން ވަގަށް ނެގުމަށްފަހު، ބުދަ ދުވަހު ކަމްޕާލާގައި ހުރި އަސްކަރީ ކޯޓަކަށް ހާޒިރުކޮށްފިއެވެ. ޔުގަންޑާގެ ރައީސް ޔޮވެރީ މުސެވެނީގެ ފާޑުކިޔުންތެރިއެއް ކަމުގައިވާ ޑރ. ބެސިގޭ ކޯޓަށް ގެނެވުނީ ހަތިޔާރު އަޅައިގެން ތިބި އަސްކަރީ ބަޔަކާ އެކުގައެވެ.
ބެސިގޭގެ ވަކީލު އެރިއަސް ލުކްވަގޯ އޭއެފްޕީއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ބެސިގޭ އާއި އެހެން އިދިކޮޅު ލީޑަރެއް ކަމަށްވާ ހާޖީ ލުޓާލޭ ކަމުލެގޭޔާ ކޯޓަށް ހާޒިރުކުރެވުނު ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި ދެ މީހުންގެ އަތުން ދެ ޕިސްޓަލް ފެނުނު ކަމަށާއި، އަދި ޔުގަންޑާ އާއި ގްރީސް އަދި އެހެނިހެން ޤައުމުތަކުން ޤައުމުގެ ސަލާމަތަށް ނުރައްކާވާފަދަ އެހީތެރިކަމެއް ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

ލުކްވަގޯ އިތުރަށް ބުނެފައިވަނީ ބެސިގޭ މި ދަޢުވާތަކަށް ދެކޮޅު ހަދާފައިވާ ކަމަށާއި، އަދި އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމުގެ އިޚްތިޞާޞް ކޯޓަށް ލިބިގެންވާކަމާމެދު ސުވާލު އުފައްދާފައިވާ ކަމަށެވެ. އަދި ބެސިގޭ ބަންދުކޮށްފައިވަނީ ލުޒީރާ ޖަލުގައި ކަމަށާއި، ޑިސެމްބަރު 2 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބަހައްޓާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ބެސިގޭގެ އަނބިކަނބަލުން ވިނީ ބިޔަންޔިމާ ވަނީ އޭނާގެ ފިރިކަލުން ވަގުތުން ދޫކޮށްލުމަށް ޔުގަންޑާ ސަރުކާރަށް ގޮވާލައްވާފައެވެ.

Ad
rt