އެޕަލް އިން މެކްއޯއެސް އަށް ސަފާރީ ޓެކްނޮލޮޖީ ޕްރިވިއު 208 ތަޢާރަފުކޮށްފިއެވެ. މިއީ ސަފާރީގެ ތަޖުރިބާކުރާ ވަރޝަނަަނަށް ގެނެވުނު އެންމެ ފަހުގެ އަޕްޑޭޓެވެ. މި އަޕްޑޭޓުގައި ހިމެނެނީ ޖާވާސްކްރިޕްޓް، ވެބް އޭޕީއައި އަދި އެހެނިހެން ކަންކަމަށް ގެނެވުނު އިސްލާހުތަކެކެވެ.
އެޕަލްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އަޕްޑޭޓުގައި ސީއެސްއެސް، ޖާވާސްކްރިޕްޓް، ރެންޑަރިންގ، ވެބް އޭޕީއައި އަދި ވެބްއާރްޓީސީ އާ ގުޅުންހުރި މައްސަލަތަކަށް ހައްލު ގެނެސްފައިވެއެވެ. މީގެ އިތުރުން ސިސްޓަމްގެ އެހެނިހެން ކަންކަންވެސް ރަނގަޅުކޮށްފައިވާ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.
މި އަޕްޑޭޓް ލިބެން ހުންނާނީ މެކްއޯއެސް ސޮނޯމާ އަދި މެކްއޯއެސް ސެކޯއާ ބޭނުންކުރާ ޑިވައިސްތަކަށެވެ. މި އަޕްޑޭޓުގައި ކަލަރ ސްކީމް ބަދަލުކުރާއިރު ސްކްރޯލްބާގެ ފެނުމުގައި ދިމާވާ މައްސަލަ ހައްލުކޮށްފައިވެއެވެ. އަދި ވޮއިސް ސާރޗް ކުރާއިރު ކެމެރާ ނުވަތަ މައިކްރޯފޯނުގެ ހުއްދައަށް އަލުން އެހުމުގެ މައްސަލަވެސް ހައްލުކޮށްފައިވެއެވެ.
މީގެ އިތުރުން، ސޯސް މެޕްތައް ޕްރޮސެސްކުރުމުގައި ކުރިން ހުރި މައްސަލަތަކާއި، ޖެނެރޭޓްކުރެވޭ ކޮންޓެންޓަށް ރީސައިޒް ނުކުރެވުމުގެ މައްސަލަވެސް މި އަޕްޑޭޓުގައި ހައްލުކޮށްފައިވެއެވެ.
އިސްލާހުތަކުގެ އިތުރުން، އައު ފީޗަރތަކެއްވެސް މި އަޕްޑޭޓުގައި ތަޢާރަފުކޮށްފައިވެއެވެ. މީގެ ތެރޭގައި އިޓަރޭޓަރ ހެލްޕަރސް އަށް ސަޕޯޓް ދިނުމާއި، ރިލެކްސްޑް ލޭންސެލެކްޓް ސިމްޑް އިންސްޓްރަކްޝަންސް އިމްޕްލިމެންޓްކުރުން، ކޮންޓެންޓް ބްލޮކަރސް އަށް އަންލެސް-ފްރޭމް-ޔޫއާރްއެލް އަށް ސަޕޯޓް ދިނުން، އަދި އެޓްރިބިއުޓް ފޯލްބެކް ސަޕޯޓް ހިމެނެއެވެ.
ޑިވެލޮޕަރުންނަށް އަމާޒުކޮށްގެން ނެރެފައިވާ މި އަޕްޑޭޓަކީ، އާންމުކޮށް ބޭނުންކުރާ ސަފާރީ ބްރައުޒަރަށް ގެނެވޭ އައު ޓެކްނޮލޮޖީތައް ފުރަތަމަ ތަޢާރަފުކޮށް ޓެސްޓުކުރުމަށް ބޭނުންކުރާ ވަރޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!