ޓެލެގްރާމްގެ ވެރިޔާ ޕަވެލް ދޫރޮވްއަށް ފްރާންސުން ފުރުމުގެ ހުއްދަ ލިބިއްޖެ
ޓެލެގްރާމް މެސެޖިންގ އެޕްގެ ބާނީ އަދި ސީއީއޯ، ރަޝިޔާއަށް އުފަން ޕަވެލް ދޫރޮވްއަށް ފްރާންސް ވަގުތީގޮތުން ފުރުމުގެ ހުއްދަ ލިބިއްޖެކަމަށް ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފިއެވެ. މިއީ ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގާ ކުށްތަކާ ގުޅިގެން ހިނގަމުންދާ ތަޙުޤީޤެއްގެ ދަށުން އޭނާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނުމެކެވެ. ދޫރޮވް ހައްޔަރުކުރެވުނީ މިދިޔަ އޯގަސްޓް މަހު ޕެރިސް ކައިރީގައިވާ ވައިގެ ބަނދަރެއްގައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ރަސްމީ ތަޙުޤީޤެއް ފެށި، ފްރ...