ސިލްސިލާ ވާހަކަ ލޯބިވިޔަސް (46)
ކުރީގެ އަދަދާއިގުޅޭ: ” އަރޫ؟” ދާއިންއަށް އަރޫޝާ ގެ ނަމުން ގޮވައިލެވުނީ ނުހަނު ބާރަށެވެ. އޭރު ބަނޑުގައި އަތް އަޅައިގެން ދާއިންގެ ގައިގައި އޭނާ ލެނގިލައިފިއެވެ. ކުއްލިއަކަށް ދާއިންއަށް ފެނުނީ މުށިތައްމަތީގައި ހުރި ލޭ ތިކިތަކެވެ. އެއާއެކު އަރޫޝާ ހަބަރު ހުސްވެގެން އޭނާގެ ގައިގައި ތަތްވެއްޖެއެވެ. މެރިފައިވާ ދެ ލޯ އަރޫޝާއަށް ހުޅުވާލެވުނީ ވަރުބަލިކަމާއެކުއެވެ. އޭރުވެސް ލޮލުގެ އެސްފިޔަތައް ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ސީލިންގުގައި ހަރުކޮށްފައި ހުރި ބޮތްކަށް ބަލަހައްޓައިގެން އޮއްވާ ކުއްލިއަކަށް އ...