މިއަދާއި މާދަމާ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން ވިދާޅުވީ އުދަ އަރާނީ ދިޔަވަރު ބޮޑުވާ ވަގުތު ނުވަތަ އޭގެ ކުޑައިރުކޮޅެއް ކުރިން ކަމަށާއި އެހެންވެ، އެކަމަށް ސަމާލުވެ ތިބުުމަށް އެދޭ ކަމަށެވެ.
އުތުރުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ މެންދުރު 2 އާއިި މެންދުރު 1 ޖެހުމާއި ދޭތެރޭގެ ވަގުތުގައި ކަމަށާއި މެދު ރާއްޖެ ތެރެއަށް ދިޔަވަރު ބޮޑުވާނީ މެންދުރު 1 ޖެހުމާއި މެންދުރު 2 ޖެހުމާއި ދޭތެރޭ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ރާޅުގެ އުސްމިން 8 ފޫޓަށް އުފުލިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މުސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައިވަނީ އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށާއި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ދިޔަވަރު އެންމެ ބޮޑުވާ ދުވަސްތަކުގައި މީގެކުރިން ވެސް ބައެއް ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، މިދިޔަ އޮގަސްޓު ފަސްވަނަ ދުވަހު މާލެ ސަހައްދަށް ވަނީ އާދަޔާހިލާފަށް އުދައަރާފައެވެ. އެގޮތުން ސިނަމާލެ ބުރިޖު ހައިވޭ އަށް އުދަ އަރައި، ސައިކަލްތަކެއް އެކްސިޑެންޓުވެފައި ވެއެވެ. އެ ދުވަހު އުދަ އަރާފަައިވަނީ ބުރިޖާއި ހައިވޭ ގުޅޭ ޖަންކްޝަން ސަރަހައްދަށެވެ.
މީގެ އިތުރުން މާލޭގެ އިރުމަތީފަރާތަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި ސަރަހައްދުތަކަަށް ވެސް އެދުވަހު ވަނީ އުދަ އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!