ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ ގްރޫޕު) ގެ ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް އައްޔަން ކުރައްވައިފިއެވެ.
އޭނާ މި މަގާމަށް އައްޔަން ކުރެެއްވީ މިއަދު ހެނދުނު 10 ން 11 އަށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ވޯޓުލުމުގައެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ މި ޕާޓީގެ، ޕީޖީ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލީ މި ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ހަވޫރު 4 ޖެހިއިރުއެވެ.
ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމަށް އާޒިމް ހޮވާފައިވަނީ އެޕާޓީގެ މަޖިލިސް މެންބަރުންގެ ވޯޓުންނެވެ.
މީގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމާއި އަމީން އާންމާއި ވިޕުން ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވީ 3 މެންބަރުންކަމަށް މަޖިލީހުގެ ވެބްސައިޓުން ދައްކައެވެ. ނަމަވެސް އެ އަދަދު އެއަށްވުރެ އިތުރުވާނެއެވެ. އެޕާޓީގެ ގިނަ މެންބަރުން ތިބީ މިނިވަން މެންބަރުންގެ ގޮތުގައިކަމަށް މަޖިލިސް ވެބްސައިޓުން ދައްކައެވެ.
ދަ ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި މަޖިލީހުގެ ރައީސް ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން ހެދި ޕާޓީއެކެވެ.
އެ ފެކްޝަންގައި ސިޔާސީ ޕާޓީއެއްގެ ކުލަ ޖެހި، ދަ ޑިމޮކްރެޓްސްގެ ނަމުގައި ވުޖޫދުވެ، ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވަނީ ތިންވަނައަށް އެންމެގިނަ ގިނަ ވޯޓު ހޯދި ޕާޓީއަށް ވެފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ދެވަނަ ބުރުގެ ވޯޓުލުން މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ އެންމެގިނައިން ވޯޓު ހޯއްދެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!