ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓެއް ނެގުމަށް ގޮވައިލާ ދަ ޑިމޮކްރެޓުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވައި، އެންމެގިނަ ވޯޓު ތިންވަނައަށް ހޯއްދެވި ކެންޑިޑޭޓު އިލްޔާސްގެ މި ގަރާރުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް މިއަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ނެގުމަށް ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން މިއީ ކޮންމެ ރިޔާސީ އިންތިހާބެއްގެ ވޯޓާއި ހަމައަށް އަންނައިރު ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ރައްޔިތުން ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓުލާން ޖެހިފައިވަނީ އެހެން މަގްސަދުތަކެއް ހާސިލް ކުރުމަށްޓަކައި ކަމަށް ފާހަގަކުރެވިފައިވާތީ އާއި ރައްޔިތުން ބޭނުންވާކަންތައތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އެކަމަށް އެއްވެސް ވޯޓެއް ދެވޭތަން ވެސް ފާހަގަ ނުކުރެވޭތީ މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުން ދެކޭގޮތް ސާފުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ގަރާރުގައި މިހާތަނަށް ކޯލިޝަން ހެދުމަކާއި ނުލާއި ރިޔާސީ އިންތިހާބުގެ އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓުކާމިޔާބު ކުރެވިފައިނުވާ ކަމަށާއި އެހެންކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާއި އެއްބަސްވުންތައް ހެދުމާއި ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ގައުމަށްގެންނަން ޖެހޭ ތަރައްޤީއާއި ދިމިގްރާތީ ނިޒާމެއްގައި މަސައްކަތް ކުރަން ޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރަމުންއައިސްފައިނުވާ ކަމަށް އިލްޔާސްގެ ގަރާރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!