ރާއްޖޭގައި ޕެރަ ސްވިމިން ރަސްމީކޮށް ފުރަތަމަ ފަހަރަށް އިފްތިތާޙް ކޮށްފިއެވެ.

މި ރަސްމިއްޔާތު އިފްތިތާހުކޮށްފައިވަނީ ވެސްޓިން ހޮޓެލް އެންޑް ރިސޯރޓްސް ގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ.

Ad
rt

ވޯޓަރ އެޖް (ހުޅުމާލެ) ގެ ކޮންފަރެންސް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމެރިކާގެ ޕެރަ އެތުލީޓެއްކަމުގައިވާ މރ. ގްރެގަރީ ބާންސް އެވެ.

ގްރެގަރީ ބާންސްވަނީ ޕެރަލިމްޕިކް ގައި ވާދަކޮށް 2 ގޯލްޑާއި 2 ބްރޯންޒް މެޑަލް ހޯދާފައެވެ.

މިރަސްމިއްޔާތުގައި ގްރެގަރީ ބާންސް ވަނީ ރާއްޖޭގެ ސްވިމިން އެތުލީޓުންނަށާއި ޕެރަ ސްވިމިން އެތުލީޓުންނަށް ޕެރައެތުލީޓަކަށް ވުމަށް އޭނާ ކުރި ދަތުުރުގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ހުށަހަޅާދީ އިންޕިރޭޝަނަލް ލެކްޗަރ ދީފައެވެ.

މިކަމުގެ ސަބަބުން ރާއްޖޭ ސްވިމިން އަދި ޕެރަ އެތުލީޓުންނަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ވަނީ ލިބިފައެވެ.

ޕެރަސްވިމިން ފެށުމާއި ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ފަހި ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

ސަރުކާރުން 2019 ވަނަ އަހަރު ޕެރަލިމްޕިކް ކޮމިޓީ އުފެއްދެވުމަށް ފަހު، މިއީ ޕެރަ ކުޅިވަރުތަކުގެ ތެރެއިން ތައާރަފު ކުރެވެގެންދާ 3 ވަނަ ޕެރަ ސްޕޯރޓްސްއެވެ. މިހާރު ތައާރަފު ކުރެވިފައިވަނީ ޕެރަ އެތުލެޓިކްސް، ޕެރަ ބެޑްމިންޓަން އަދި ޕެރަ ސްވިމިން އެވެ.

މީގެ އިތުރުން ޕެރަ ޓޭބަލް ޓެނިސް 2024 ވަނަ އަހަރު ތައާރަފު ކުރެވިގެން ދާނެއެވެ.

މރ. ގްރެގަރީ ބާންސްގެ މިދަތުރަކީ ވެސްޓިން ހޮޓެލްސް އެންޑް ރިސޯރޓް ގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ދަތުރެކެވެ، މރ. ގްރެގަރީ ބާންސް ރާއްޖޭން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.