ސާވޭއެއް ހަދަން ކަމށްބުނެ ދަރިވަރުންގެ އައިޑީ ކާޑު ކޮޕީ ހޯދަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިލައްވައިފިއެވެ.
އެ އިދާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދަރިވަރުންނަށް އަމާޒުކޮށް ސާވޭ އެއް ކުރުމުގެ ނަމުގައި އެ ދަރިވަރުންގެ އައިޑީ ކާޑު ހޯދަމުންދާކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ރަސްމީ ޑޮކިއުމެންޓުތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކިއެކި ސްކޭމްތައް ހިންގުމުގައާއި އައިޑެންޓިޓީ ތެފްޓް ފަދަ އަދިވެސް އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުންކޮށްފާނެ މައުލޫމާތު ހިމެނޭ ޑޮކިއުމެންޓަކަށް ވުމާއެކު މިފަދަ ތަކެތި ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، ދޭތެރެދޭތެރެއިން ސްކޭމްގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ބޭންކް އެކައުންޓުން ފައިސާ ހޯދުމާއި ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ފޯނު ކޯލު ކުރުމާއި ބޮޑެތި އިނާމުތައް ލިބުނުކަން އަންގައިދޭ ގޮތަށް އެސްއެމްއެސް އާއި ފޯނު ކޯލުތައް ލިބެމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!