Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
150 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ޖެންޑާ
Raajje

ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ޖެންޑާ

ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެ، ނޫސްބަޔާނެއް ނެރުނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެ، މުވައްޒަފުންގެ މެދުގައި އެކަމާ މެދު ކަންބޮޑުވުންތައް ހުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާ ގޮތަށް ޚަބަރުތައް ފަތުރަމުންދާތީއެވެ. އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ޕޭ ހާމަނައ...

މި ސަރުކާރަށް އާމްދަނީ ލިބޭ، އެކަމަކު ފައިސާ ބޭކާރުކޮށް އިސްރާފުކުރަނީ: މުއިއްޒު
Raajje

މި ސަރުކާރަށް އާމްދަނީ ލިބޭ، އެކަމަކު ފައިސާ ބޭކާރުކޮށް އިސްރާފުކުރަނީ: މުއިއްޒު

މި ސަރުކާރަށް އާމްދަނީ ލިބޭ ކަމަށާއި އެކަމަކު ފައިސާ ބޭކާރުކޮށް އިސްރާފުކުރަނީ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް ރ. ވާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ނުގަވާއިދުން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. އަދި ރަށްރަށުގައި އެއް ޕްރޮޖެކްޓެއް އެތައް ކުންފުންޏަކަށް ވެސް ދޭ ކަމަށެވެ. […]

''ޕީއެންސީގެ ވެރިކަމެއްގައި މާފަރު ފަޅުގައި ރިސޯޓެއް''
Raajje

''ޕީއެންސީގެ ވެރިކަމެއްގައި މާފަރު ފަޅުގައި ރިސޯޓެއް''

ޕީއެންސީ، ޕީޕީއެމް ވެރިކަމެއްގައި ނ. މާފަރު ފަޅުގައި ރިސޯޓެއް އަޅައިދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެރަށަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ އެރަށު ފަޅުތެރެއިން ބައެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް ކައުންސިލްގެ ބާރު ނުހިނގާ ގޮތަށް ހަމަޖައްސާފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމަކަށްވާތީ އޭނާގެ ވެރިކަމެއްގައި އެތަން ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެެވެ. މާފަރަކީ ތަރައްގީ ކުރެވެން އޮތް ރަށ...

ފާރިސް ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރި
Raajje

ފާރިސް ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރެއްވުމަށް އަހްމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ. އެކަން އިއުލާން ކުރެއްވުމަށް ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ވާހަކަދައްކާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތީން ވޯޓު ލި...

ސިވިލް ކޯޓުގެ އިސް ގާޟީ އަވަހާރަވެއްޖެ
Raajje

ސިވިލް ކޯޓުގެ އިސް ގާޟީ އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ގާޟީ އަހްމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކުއްލިގޮތަކަށެވެ. ނިޔާވިއިރު، އުމުރުފުޅަކީ 36 އަހަރެވެ. މީގެ ހަތަރު މަސް ކުރިން ސިވިލް ކޯޓުގެ އިސް ގާޟީގެ މަގާމަށް އައްޔަނުކުރެއްވި ނިމާލް ނިމާލަކީ ގއ. މާމެންދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ. ނިމާލްގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށ...

ނިޒާމީ ވޯޓާއި ބެހޭ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި
Parliament

ނިޒާމީ ވޯޓާއި ބެހޭ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމީ ވޯޓާއި ބެހޭ ގަރާރު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފިއެވެ. ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހުށަހެޅި ގަރާރު ބަލައިގަތުމާ ގުޅިގެން މި ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމު ހުށަހެޅުއްވުމުން އެކަމަށް ތާއިދު ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ […]

އިހުލާސްތެރި ވެރިއަކު ހޯދަން ޖެހޭ: މޮސްޓާ
Parliament

އިހުލާސްތެރި ވެރިއަކު ހޯދަން ޖެހޭ: މޮސްޓާ

ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދޭކަށް ވެރިއަކު ނާންނަ ކަމަށާއި ވެރިން އަންނަނީ އަމިއްލަ ޖީބަށް ކަންތައް ކޮށްދޭން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މޮސްޓާ ވިދާޅުވީ އިއުލާނުކޮށްގެން ވިޔަސް، ބޭހެއް ކާންދީގެ...

ގަރާޖު ސިޓީ ހުށަހަޅަން ޖެހޭގޮތަށް އޮތް ގަވާއިދު އުވާލައިފި
Raajje

ގަރާޖު ސިޓީ ހުށަހަޅަން ޖެހޭގޮތަށް އޮތް ގަވާއިދު އުވާލައިފި

ޓެކްސީ ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް ގަވާއިދު އުވާލައިފިއެވެ. ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ. އެހެންނަމަވެސް އާ ގަވާއިދުގެ ދަށުން އެހެން ހުރިހައި ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ...

ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް ނިންމަވައިފި
Raajje

ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް ނިންމަވައިފި

ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ މި އެލަވަންސް ދިނުމަށް ނިންމަވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދޭގޮތަށް ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދިނުމަށް ނިންމާފައިވާއިރު، އެ އެލަވަން...

ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި
Raajje

ދިއްދޫ ފަރަށް އެރި ބާޖާއި ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

ހއ. ދިއްދޫ ފަހއ. ދިއްދޫ ފަރަށް ބާޖާއި ބޯޓުގެ ވެރިފަރާތް ސަތޭކަ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ. “ޓީބީ މުތާ ޕްރިންސަސް” ޓަގު ބޯޓާއި “މުތާ ޕްރައިޑް” ބާޖު އެރަށު ފަރަށް އަރާފައިވަނީ މި 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވީ މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި […]

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި
Raajje

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިއީ ސްރީލަންކާގެ މމަސްބޯޓެއް ކަމަށާއި މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. މި ބޯޓު މިއަދު އަތުލައިގަނެފައިވާއިރު، އިއްޔެ ވެސް ވަނީ ރާއްޖެ ސަރަހައ...

މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ
Raajje

މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ

ހދ. މަކުނުދޫ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ކަމަށެވެ. އަދި އޭނާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެ. މީގެ އިތުރުން ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ އިދާރާ އިން […]

ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ޑިމޮކްރެޓުންގެ ނިންމުން މިރޭ
Raajje

ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ޑިމޮކްރެޓުންގެ ނިންމުން މިރޭ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓުން އަރާނެ ފަޅިއެއް މިރޭ ނިންމާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން ބުނީ މި ނިންމުން ނިންމާނީ މިރޭ ބާއްވާ އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މިއީ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ހަތްވަނަ ބައްދަލުވުން ކަމަށާއި މި ބައްދަލުވުން އޮންނާނީ މިރޭ ނުވައެއް ޖަހާއިރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. […]

އެމްޓީޑީން ރައީސް ސާލިހާ އެކު ބައްދަލުވުމެއް ބާއްވައިފި
Raajje

އެމްޓީޑީން ރައީސް ސާލިހާ އެކު ބައްދަލުވުމެއް ބާއްވައިފި

ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އުފައްދަވާފައިވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކޮށްފިއެވެ. އެމްޓީޑީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއީ ދެ ޕާޓީގެ ގުޅުން ބަދަހިކުރުމުގެ ގޮތުންނާއި ގައުމުގެ ހުރި މައްސަލަތަކާއި ސިޔާސީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ ޕާޓީން އެމްޑީޕީ އާ ބައްދަލުކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީ އިނ...

"2008 ވަނަ އަހަރުން ފެށިގެން 85 ގައުމަކުން ކޮންޖަސްޝަން ޗާޖު ނުދައްކާ"
Raajje

"2008 ވަނަ އަހަރުން ފެށިގެން 85 ގައުމަކުން ކޮންޖަސްޝަން ޗާޖު ނުދައްކާ"

2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ކޮންޖަސްޝަން ޗާޖު ނުދައްކާކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގެ ސަބަބުންނެވެ. އެ ނޫސްބަޔާނުގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓު ފޯ ލަންޑަން އިން ނަގާ ކޮންޖަސްޝަން ޗާޖަކީ ޓެކުހެއް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއީ ލަންޑަނުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ މައްޗަށް ދެއްކުން ލާޒިމް ކުރެވޭނެ އެއްޗެއް ނޫން ކަމުގައި ދެކި، ރާއްޖޭގެ ސަރުކާރު 2008 ވަނަ އަހަރު ބަދަލުވ...