2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ކޮންޖަސްޝަން ޗާޖު ނުދައްކާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގެ ސަބަބުންނެވެ.
އެ ނޫސްބަޔާނުގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓު ފޯ ލަންޑަން އިން ނަގާ ކޮންޖަސްޝަން ޗާޖަކީ ޓެކުހެއް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއީ ލަންޑަނުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ މައްޗަށް ދެއްކުން ލާޒިމް ކުރެވޭނެ އެއްޗެއް ނޫން ކަމުގައި ދެކި، ރާއްޖޭގެ ސަރުކާރު 2008 ވަނަ އަހަރު ބަދަލުވީއްސުރެ، މިހައިތަނަށް އައި އެއްވެސް ސަރުކާރަކުން ކޮންޖަސްޝަން ޗާޖު ދައްކާފައިނުވާ ކަމަށެވެ.
މިއީ 1961 ގެ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް އާއި 1963 ގެ ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސް އަށް ހަވާލާދީ ދަމަހައްޓާފައިވާ ސިޔާސަތުގެ ދަށުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިތުރުން ދުނިޔޭގެ 85 ގައުމަކުން ވެސް މި ޓެކްސް ދައްކާފައި ނުވާ ކަމަށާއި އެ ގައުމުތަކުން ވެސް ދައްކާފައި ނުވަނީ ޓެކުހެއް ކަމުގައި ދެކިގެން ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެގޮތުން އެމެރިކާ، ޖަޕާން، އިންޑިއާ، ނައިޖީރިއާ، ޗައިނާ އަދި ރަޝިއަން ފެޑެރޭޝަނުން ވެސް ނުދައްކާ ކަމަށް ވެއެވެ. އަދި ޕޮލަންޑް، ފަރަންސޭސިވިލާތް، ގާނާ، ކަޒަކިސްތާން، ޖަރުމަން އަދި ސޫދާނާއި ކެންޔާ އިން ވެސް ނުދައްކާކަން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން ޕާކިސްތާނާއި ސައުތު ކޮރެއާ އާއި ކިއުބާ އާއި ޓެންޒޭނިއާ އާއި ސްޕެއިނާއި އަލްޖީރިއާ އާއި ސައުތް އެފްރިކާ އާއި ސިއެރެލިއޯން އާއި ރޯމޭނިއާ ވެސް މި ލިސްޓުގައި ވެއެވެ. އަދި ޔުކްރެއިން، ގްރީސް، ތުރުކީ، ސައިޕްރަސް، ހަނއގޭރީ، ޒަމްބިއާ، ޔަމަން އަދި ބޮޓްސްވާނާ ވެސް ހިމެނެއެވެ.
ހަމަމިއާއެކު ބަލްގޭރިއާ، މޮޒަމްބީކް، މަލާވީ، އިތިއޯޕިއާ، ޔޫގަންޑާ، ޒިމްބާބުވޭ އަދި ކޯޓް ޑި ވޯ އާއި ކެމަރޫން، ބެލަރުސް، ނަމީބިއާ، މޯލްޓާ އާއި ސްލޮވާކިޔާ ވެސް ކޮންޖަސްޝަން ޗާޖު ނުދައްކާ ގައުމުތަކުގެ ލިސްޓުގައި ވެއެވެ. އަދި މޮރިޝަސް، ބެލްޖިއަމް، ލަންކާ، މޮރޮކޯ، ލިތުއޭނިއާ، ލައިބީރިއާ، އޮސްޓްރިއާ އަދި އެސްވަޓީނީ ވެސް ލިސްޓުގައި ހިމެނިފައި ވެއެވެ.
އެ ލިސްޓުގައި ދެން ހިމަނާފައިވަނީ އަފްޣާނިސްތާނާއި ގިނީ، ލެސޯތޯ، ވިއެޓްނާމް، ސްލޮވީނިއާ، ލެޓްވިއާ، އެންޑިއުގާ އެންޑް ބާބޫޑާ، ޕޯޗުގަލެވެ. އަދި ލަގްޒަމްބާގް، ޓިއުނީޝިއާ، ބެލީޒް، ނޯތް ކޮރެއާ، މިސްރު، ޖޯޑަން، އެސްޓޯނިއާ އެވެ. އަދި ސައުދީ އަރަބިއްޔާ އާއި ގަޔާނާ އާއި އެރުތްރިއާ އާއި ސޭޝެލްސް ވެސް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ދެން ހިމަނާފައިވަނީ ޑޮމިނިކަން ރިޕަބްލިކާއި ޕިލިޕީންސް، މޮރިޓޭނިއާ، އެލްސަލްވަޑޯ އަދި ސެއިންޓް ލޫސިއާ، އަލްބޭނިއާ، ކިރްގިސްތާން އަދި މޮލްޑޯވާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!