ސިވިލް ކޯޓުގެ އިސް ގާޟީ އަހްމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކުއްލިގޮތަކަށެވެ. ނިޔާވިއިރު، އުމުރުފުޅަކީ 36 އަހަރެވެ.

Ad
rt

މީގެ ހަތަރު މަސް ކުރިން ސިވިލް ކޯޓުގެ އިސް ގާޟީގެ މަގާމަށް އައްޔަނުކުރެއްވި ނިމާލް ނިމާލަކީ ގއ. މާމެންދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.

ނިމާލްގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށް ފަހު، ހުޅުމާލޭ އާ ސަހަރާ މިސްކިތުގައެވެ.