ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Ad
rt

މިއީ ސްރީލަންކާގެ މމަސްބޯޓެއް ކަމަށާއި މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.

މި ބޯޓު މިއަދު އަތުލައިގަނެފައިވާއިރު، އިއްޔެ ވެސް ވަނީ ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓުތަކެއް އަތުލައިގެންފައެވެ.

އެގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ވަނީ އިއްޔެ ގެންގޮސްފައެވެ.

އެ ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އދ. މަހިބަދޫ “އަސުރުމާ” މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.