Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
16 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

20 އިމާމުން ތަމްރީނަށް ބުރޫނާއީ އަށް މިރޭ ފުރަނީ
Raajje

20 އިމާމުން ތަމްރީނަށް ބުރޫނާއީ އަށް މިރޭ ފުރަނީ

ތަމްރީނެއްގައި ބައިވެރިވުމަށް 20 އިމާމުން މިރޭ ބުރޫނާއީ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއީ ދާރުއްސަލާމަށް 20 އިމާމުން ފުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އިސްލާމިކް މިނިސްޓަރު ވަނީ މި އިމާމުންނާ މިއަދު ބައްދަލު ކުރައްވައިފައެވެ. މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ ތިން ވަނަ ފަހަރެވެ. މިގޮތުން މިއަހަރު 60 އިމާމުންވަނީ […]

ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އަނިޔާވެއްޖެ
Raajje

ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އަނިޔާވެއްޖެ

ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އިއްޔެ އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓުގައި ޒަހަމްވީ “ހިދުމަތް” ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު ހުސެއިން ހައިޝަމްއަށެވެ. ހައިޝަމް އެކްސިޑެންޓުވީ ޑާކާއިން ޗިޓަގޮންގް އަށް ކާރުގައި ދަނިކޮށެވެ. އޭނާއަކީ ބަންގްލަދޭޝްގައި މިސްކިތެއްގެ ބިންގާ އެޅުމަށް އެ ގައުމަށް ދިޔަ ބޭފުޅެކެވެ. ހައިޝަމް އެކްސިޑެންޓުވީ އޭނާ ދަތުރު ކުރެއްވި ކާރު ޑާކާއިން ޗިޓަގޮންގް އަށް ދަތުރު ކުރަނިކޮށް ގަހެއްގައި ޖެހިގެންނެވެ. އިއްޔެ މި އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދި ޖެހ...

އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރަށް ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުނު
Parliament

އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރަށް ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުނު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ތާވަލް ކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ. އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް އެ ސިޓީގައިވެއެވެ. މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ބާއްވަން ހަމަޖެ...

ބޮލިފުށި ރިސޯޓްގެ ވެރިޔާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
Raajje

ބޮލިފުށި ރިސޯޓްގެ ވެރިޔާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

އޯޒެން ރިޒާވް ބޮލިފުށި ރިސޯޓްގެ ވެރިޔާ ހުސައިން ޝަރީފް ކުއްލި ގޮތަށް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވި ގޮތުގައި ހުސެއިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ގައުމީ ހިދުމަތްތެރިއެކެވެ. އަދި އޭނާއަކީ މިސްކިތް ބިނާ ކުރެއްވުމާއި ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިހްސާންތެރި ބޭފުޅެއް ކަމަށް ރައީސް ވިދާ...

ސިހުރުގެ މައްސަލައެއްގައި ހައްޔަރުކުރި ޝަމްނާޒާއި ކޮއްކޮ ދޫކޮށްލައިފި
Raajje

ސިހުރުގެ މައްސަލައެއްގައި ހައްޔަރުކުރި ޝަމްނާޒާއި ކޮއްކޮ ދޫކޮށްލައިފި

ސިހުރުގެ މައްސަލައިގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ އާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް މިއަދު ދޫކޮށްލައިފިއެވެ. ފުލުހުން ބުނީ ޖޫން 23 ވަނަ ދުވަހު ފުލުހުން ތަހުގީގު ކުރަން ފެށި މައްސަލައާ ގުޅިގެން ހައްޔަރު ކުރި 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ޝަމްނާޒާއި އޭނާގެ ކޮއްކޮއެވެ. ޝަމްނާޒާއި އިތުރު ދެ މީހުން […]

ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކެރަލާގައި ފެތުރޭތީ ދިވެހިން ސަމާލުވާން އެދިއްޖެ
Raajje

ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކެރަލާގައި ފެތުރޭތީ ދިވެހިން ސަމާލުވާން އެދިއްޖެ

އިންޑިއާގެ ކެރަލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ އެ ސްޓޭޓުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އަންގައިފިއެވެ. ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު ބަޔާނެއްގައި ވަނީ ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށްވާ “ބްރެއިން އީޓިން އެމީބާ އިންފެކްޝަން”އަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ. ބްރެއިން އީޓިން އެމީބާ ބައްޔަކީ ކަންފަތް ނުވަތަ ނޭފަތުން ހަށިގަނޑުގެ އެތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށް ކޮންސިއުލ...

އެމްޑީޕީން މުޒާހަރާކޮށްގެން މަޝްރޫއުތަކެއް ނުހުއްޓޭނެ: ޝުޖާއު
Raajje

އެމްޑީޕީން މުޒާހަރާކޮށްގެން މަޝްރޫއުތަކެއް ނުހުއްޓޭނެ: ޝުޖާއު

އެމްޑީޕީން މީގެކުރިން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތަކެއް ހުއްޓުވި ނަމަވެސް ދެން މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށާއި އެކަން ކުރާ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ. ޝުޖާއު އެގޮތަށް ވިދާޅުވެފައި ވަނީ ވ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކާނި ހޮޓެލްސް އަށް ދީފައި ވަނިކޮށެވެ. ކާނި ހޮޓެލްސްއަކީ ރާއް...

މިއަހަރު ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފަށަން މަސައްކަތް އެބަކުރަން: ފައިސަލް
Raajje

މިއަހަރު ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފަށަން މަސައްކަތް އެބަކުރަން: ފައިސަލް

ޗައިނާގެ އެކި ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިދިޔަ މެއި މަހު ޗައިނާގައި އޮތް އައިޓީބީ ފެއާގައި ޗައިނާގެ އީސްޓަން އެއާލައިންސްގެ ނައިބު ރައީސްއާ ބައްދަލުކުރައްވައި، އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް އެދިވަޑައިގެންނެވި ކަމަށެވެ. “ރައީސް މުއިއްޒުގެ ސަރުކާރާއި ޗައިނާއާއި ދެމެދު މިއޮތީ ވަރަށް...

ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްމާދަށް 14 އަހަރުގެ ޖަލު ހުކުމެއް
Raajje

ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްމާދަށް 14 އަހަރުގެ ޖަލު ހުކުމެއް

ރ. މަޑުއްވަރީގައި ކުޑަކުއްޖަކާ ކައިވެނިކޮށް އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި އިސްމާއިލް ހައްމާދުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ. އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ކުއްޖާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވިހެއި މައްސަލަ ފެންމަތިވީ ދީނީ ހިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ […]

މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް 88 ހުށަހެޅުން
Raajje

މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް 88 ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން މިރޭ ބުނެފިއެވެ. ނޫސްވެރިކަން ކުރާ ފަރާތްތައް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި މީޑިއާ ކައުންސިިލުން ދެމުން އަންނަ އެވޯޑަށް 18 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ...

ރާއްޖެ އިން މިވަގުތު އެންމެ ބޭނުންވާ ކަންކަން ޗައިނާ އިން އޮޅުންފިލުވައިފި
Raajje

ރާއްޖެ އިން މިވަގުތު އެންމެ ބޭނުންވާ ކަންކަން ޗައިނާ އިން އޮޅުންފިލުވައިފި

ރާއްޖެ އިން މިވަގުތު ބޭނުންވާ ކަންކަން އޮޅުން ފިލުވައި އެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ އިން މިއަދު ދީފިއެވެ. ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ޑރ. މުއިއްޒާއި ޗައިނާ ސަފީރު ވަނީ ރައީސް ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި […]

ވެރިކަމުގެ ވައްޓަފާޅިއާ މެދުގައި އަލުން ވިސްނައި ބަދަލުތައް ގެންނަން ޖެހޭ: ނާޒިމް
Raajje

ވެރިކަމުގެ ވައްޓަފާޅިއާ މެދުގައި އަލުން ވިސްނައި ބަދަލުތައް ގެންނަން ޖެހޭ: ނާޒިމް

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދުގައި ވިސްނައި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އާ ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008 އިން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތުކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ މި އަހަރުތަކުގައި...

އެމްއެމްޕީއަރްސީގެ ޑީއެމްޑީ ބައްސާމް ވަކިކޮށްފި
Business

އެމްއެމްޕީއަރްސީގެ ޑީއެމްޑީ ބައްސާމް ވަކިކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް މަގާމުން ވަކިކޮށްފިއެވެ. ބައްސާމް މަގާމުން ވަކިކުރުމަށް އެމްއެމްޕީއާރްސީގެ ބޯޑުން ނިންމައި އެކަން އޭނާއަށް އެންގީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް، ބައްސާމް ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ. މިކަމާ ގުޅިގެން އެމްއެމްޕީއާރުސީން ވެސް ވަކި އެއްޗެއް ނުބުނެއެވެ. އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުުގެ މަގާމުގައި ހުރި ފާތިމަތު ތައުފީގު (ކުޑީ) ވެސް މީގެކުރިން ވަނީ ވަކިކ...

ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގާ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި
International

ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގާ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި ރީޓެއިލް ފިހާރަތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ބިދޭސީންގެ ބޮޑެއް ރޭ އަތުލައިގެންފިއެވެ. އިމިގްރޭޝަނުން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފ...

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލުމުގައި ބައިވެރިވި 3 މީހުން ބަންދަށް!
Raajje

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލުމުގައި ބައިވެރިވި 3 މީހުން ބަންދަށް!

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން ފިރިހެނުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ޒުވާނަކާއި 21 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެކެވެ. މި ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ޖުލައި ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް […]