Skip to main content

ސަނިއްޔާ އަބޫބަކުރު

Viewer
🇲🇻 ތިލަދުން Desk
246 Stories
12 Reads

Published on ތިލަދުން (Thiladhun) by ސަނިއްޔާ އަބޫބަކުރު

ނޯތު ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމުގެ ޖޯޒީ އާންމުކޮށް ވިއްކަނީ
Thiladhunmathi News

ނޯތު ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމުގެ ޖޯޒީ އާންމުކޮށް ވިއްކަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު ބާއްވާ ދިވެހި ޕްރިއާމް ލީގު ކޮލިފިކޭޝަން ބުރުގެ ނޯތު ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމްގެ ޖޯޒީ ޢާއްމުކޮށް ވިއްކަން ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް އިހަވަންދޫ ކްލަބް ޕޯލްސްޓަރއިން ބުނީ އެފްއޭއެމުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ދިވެހި ޕްރިއާމް ލީގު ކޮލިފިކޭޝަން ބުރުގެ ނޯތު ލީގުގައި، ބައިވެރިވާ އިހަވަންދޫ ޓީމް މުބާރުތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޖާރޒީއަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ޢާއްމުކޮށް ހުޅުވާލާފައި […]

ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފި
Thiladhunmathi News

ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފި

ކުމުންދޫ ރިވައިލް އިނިޝިއޭޓިވް (ކުރެވި) ޖަމިއްޔާގެ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހދ ކުމުންދޫ ޒީރު ސްޕޯޓްސް ކްލަބުގެ ނައިބު ރައީސް ފާރިސް އަބްދުލް ޤައްޔޫމް ވިދާޅުވީ ރާއްޖޭގެ މަޝްހޫރު، ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ ހުޅުވިގެން ދިޔުމަކީ އެކެޑަމީއާއި ކްލަބާއި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް […]

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ނަގާ ޓެރިފް ކުޑަކޮށްދިނުމަށް އެދިއްޖެ
Raajje

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ނަގާ ޓެރިފް ކުޑަކޮށްދިނުމަށް އެދިއްޖެ

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ނަގާ ޓެރިފް ކުޑަކޮށްދިނުމަށް ރާއްޖެއިން އެދިއްޖެއެވެ. މިކަމަށް އެދިވަޑައިގެންފައި މިވަނީ އިނގިރޭސިވިލާތުގެ ރާނީގެ “ޕްލެޓިނަމް ޖުބިލީ”ގެ މުނާޞަބާ ފާހަގަކުރުމަށް ރައީސް އޮފީހުގެ މީރުމާ ކޮންފަރެންސް ހޯލްގައި ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރި ކޮށްދެއްވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މީގެ 50 އަހަރު ކުރިން 13 މާރިޗު 1972 ގައި އިނގިރޭސި ވިލާތުގެ ރ...

ދަގަނޑޭއާއި ޝަލަބީއާއެކު ނޮޅިވަރަންފަރު ސްކޫލުގެ "ޕީޓީއޭ ހެލްތު ރަން" ނިންމާލައިފި
Thiladhunmathi News

ދަގަނޑޭއާއި ޝަލަބީއާއެކު ނޮޅިވަރަންފަރު ސްކޫލުގެ "ޕީޓީއޭ ހެލްތު ރަން" ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ޕީޓީއޭ ހެލްތު ރަން 2022 ގައި އަލީ އަޝްފާގް އަދި ޝަލަބީ އިބްރާހިމް ދުވެފިއެވެ. އިއްޔެ ބޭއްވި މި ޙަރަކާތާ ގުޅޭގޮތުންް ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ޢަލީ އަހުމަދު ވިދާޅުވީ، ނޮޅިވަރަންފަރު ޕީޓީއޭ ހެލްތު ރަން 2022 އަކީ ވަރަށް ކާމިޔާބު ޙަރަކާތެއް ކަމަށެވެ. މި ޙަރަކާތަކީ ފަންޑް ރެއިޒިންގ އިވެންޓެއް ކަމަށާއި، ފަންޑް ރެއިޒް ކޮށްފައިވަނީ ޖާރޒީ ވިއްކައިގެން ކަމަށް ޢަލީ ވިދާޅުވިއެވެ. އެގޮތުން މި ޙަރަކާތުގެ […]

ދިވެހި ފަސްގަނޑުގައި ހިންގޭ އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމުގައި ދެމިތިބޭނަން: އުތީމު ކައުންސިލް
Thiladhunmathi News

ދިވެހި ފަސްގަނޑުގައި ހިންގޭ އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމުގައި ދެމިތިބޭނަން: އުތީމު ކައުންސިލް

އުތީމު ޣާޒީ ބަންޑާރައިން (އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން)ގެ ޖިހާދުން ބާރުލިބިގެން ދިވެހި ފަސްގަނޑުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޙަރަކާތެއް ހުއްޓުވުމުގައި ދެމިތިބޭނެ ކަމުގައި އުތީމު ކައުންސިލުން ހާމަކޮށްފިއެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ކުއްވެރިކޮށް ހއ. އުތީމު ކައުންސިލުގެ ފަސް މެންބަރުންގެ އިއްތިފާގުން ނެރުނު ބަޔާނެއްގައި، ދިވެހި ސަރުކާރުން...

މާލޭގެ ރަށްވެހިންނަށް 3000 ގޯތި ދޫކުރުމަށް މި މަހު އިޢުލާން ކުރަނީ
Raajje

މާލޭގެ ރަށްވެހިންނަށް 3000 ގޯތި ދޫކުރުމަށް މި މަހު އިޢުލާން ކުރަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، މާލޭގެ ރަށްވެހިންނަށް ދޫކުރާނެކަމަށް ވިދާޅުވި 5000 ގޯތީގެ ތެރެއިން ދޫކުރާ ފުރަތަމަ 3000 ގޯތި ދޫކުރަން މި މަސް ނިމުމުގެ ކުރިން އިޢުލާނު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ހޯދައިދިނުމުގެ ގޮތ...

ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
Thiladhunmathi News

ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނޭކުރެންދޫ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ނޭކުރެންދޫ ކައުންސިލަރުން ވަނީ ނައިބު ރައީސާއި ހިއްސާ ކުރަށްވާފައެވެ. މިގޮތުން ނޭކުރެންދޫގައި އަޅަން ނިންމާފައިވާ އިންޑަސްޓްރިއަލް ޖަލުގެ މަސައްކަތް ނުފެށި...

ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮށްދީގެން 5000 ރުފިޔާ ހޯދުމުގެ ފުރުސަތު
Thiladhunmathi News

ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮށްދީގެން 5000 ރުފިޔާ ހޯދުމުގެ ފުރުސަތު

ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފިއެވެ. އެކަމަށް ފުރުސަތު ހުޅުވާލައި ހަނިމާދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވާގޮތުން އެންމެ ރަނގަޅު ފަރުމާއެއް ހުށަހަޅާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. ހަނިމާދޫ ކައުންސިލުން ވިދާޅުވީ އެ ކައުންސިލުގެ ރަސްމީ ސިއްކަ ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ލައްވާ ފަރާތް ތަކުން 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު ހަނިމާދޫ ކައުންސިލްގެ ރަސްމީ […]

ބޭހާއި ކާޑާއި ތެޔޮ ގަނެވޭ ވަރަށް ދައުލަތުގައި ފައިސާ އެބަ ހުރި: ރައީސް
Raajje

ބޭހާއި ކާޑާއި ތެޔޮ ގަނެވޭ ވަރަށް ދައުލަތުގައި ފައިސާ އެބަ ހުރި: ރައީސް

ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑާއި ތެޔޮ ދަތިކަމެއް ނެތި ގަނެވޭ ވަރަށް ދައުލަތުގައި ފައިސާ އެެބަ ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގުތިސާދާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ދަތި، އުނދަގޫ ހާލަތުގެ އަސަރު ރާއްޖެއަށްވެސް ކުރި ނަމަވެސް ރާއްޖޭގެ ރިޒާވް ހުސްވެ، ދ...

މާރާމާރީއަކާ ގުޅިގެން ފުލުހުން ހަތަރު މީހަކު ހޯދަނީ
Raajje

މާރާމާރީއަކާ ގުޅިގެން ފުލުހުން ހަތަރު މީހަކު ހޯދަނީ

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިހިނގާ މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން އިއުލާނު ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރަމުން ގެންދާކަމަށް ފުލުސް އޮފީހުން ވިދާޅުވެއްޖެއެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދާ ހަތަރު މީހުންނަކީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ) އާއި، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)، އާއި ސ. ހުޅުދޫ/ ނާދީ، […]

ރައީސް، މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ
Raajje

ރައީސް، މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް އޮފީހުގައި ކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެކަމަށެވެ. މިބައްދަލުވު...

ރަސޫލާއަށް ފުރައްސާރަ ކުރުމުން އިހަވަންދޫ ކައުންސިލުން ކުށްވެރިކޮށްފި
Thiladhunmathi News

ރަސޫލާއަށް ފުރައްސާރަ ކުރުމުން އިހަވަންދޫ ކައުންސިލުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. އިހަވަންދޫ ކައުންސިލުގެ އިއްތިފާގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައުނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި […]

ރާއްޖޭގެ އެހެން ކައުންސިލުތަކާ ޚިލާފަށް ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު ހަނިކޮށްފި
Thiladhunmathi News

ރާއްޖޭގެ އެހެން ކައުންސިލުތަކާ ޚިލާފަށް ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު ހަނިކޮށްފި

ރާއްޖޭގެ އެހެން ހުރިހާ ކައުންސިލުތަކާ ޚިލާފަށް ހއ. ދިއްދޫ ކައުންސިލު ރައީސަށް ވޯޓުލުމުގެ ފުރުޞަތު އެލްޖީއޭއިން ހަނިކޮށްފި އެވެ. މިކަން ހާމަކުރައްވައި އެލްޖީއޭއިން ދިއްދޫ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިޖުރާޢީ ޤަވާޢިދުގެ 101ވަނަ މާއްދާގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ ޤަވާޢިދުގައި ބުނާއެއްޗެއް މާނަކުރުމުގައި ޚިލާފު އުފެދިއްޖެނަމަ، އެކަމުގައި ގޮތްނިންމާނީ އެލްޖީއޭގެ ބޯޑުންކަން ބަޔާންކޮށްފައި ވާކަމަށެވެ. އަދި މިފަދަ ޙާލަތެއްގައި އެލްޖީއޭގެ ބޯޑ...

ޖުލައި ނިމޭއިރު ރިޒާވްގައި ކާޑާއި ތެލާއި ބޭހުގެ ފައިސާ ހުންނާނެ އަދަދުގެ ހޯދަން އެދިއްޖެ
Business

ޖުލައި ނިމޭއިރު ރިޒާވްގައި ކާޑާއި ތެލާއި ބޭހުގެ ފައިސާ ހުންނާނެ އަދަދުގެ ހޯދަން އެދިއްޖެ

އަންނަ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ކާޑާއި ތެލާއި ބޭހުގެ ފައިސާ ހުންނާނެކަމަށް ލަފާކުރެވޭ އަދަދުގެ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވައިފިއެވެ. ނިކަންކަން އޮޅުން ފިލުވުމަށް، ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރާ ކުރެއްވުމަށް އީވާ މިއަދު ވަނީ ސުވާލެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. މިސުވާލުގައި، މި ޖޫން މަސް ފެށުނުއިރު ދިވެހިރާއްޖޭގެ ބޭރުފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައިހު...

އާންމުކޮށް ހުޅުވާލި 100 ފުރުސަތުގައި ހައްޖަށްދާ މީހުން ހޮވައިފި
Raajje

އާންމުކޮށް ހުޅުވާލި 100 ފުރުސަތުގައި ހައްޖަށްދާ މީހުން ހޮވައިފި

މި އަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން އާންމުކޮށް ހުުވާލައިގެން ޙައްޖަށް މީހުން ގެންދާ 100 ފުރުސަތުގައި ހައްޖަށްދާނެ މީހުން ހޮވައިފިއެވެ. ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ މި 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމުން ހޮވުނު ފަރާތްތަކުގެ ލިސްޓް އާންމު ކޮށްފައެވެ. އެހެންކަމުން ގުރުއަތުން ހޮވިފައިވާ 100 ފަރާތުން ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގު ކަމުގައިވާ 76,960 ރުފިޔާ، އަންނަ ބުރާސްފަތި ދުވަހުގެ […]