ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް އޮފީހުގައި ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެކަމަށެވެ.
މިބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު، ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ބެލެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!