ކުމުންދޫ ރިވައިލް އިނިޝިއޭޓިވް (ކުރެވި) ޖަމިއްޔާގެ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފިއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހދ ކުމުންދޫ ޒީރު ސްޕޯޓްސް ކްލަބުގެ ނައިބު ރައީސް ފާރިސް އަބްދުލް ޤައްޔޫމް ވިދާޅުވީ ރާއްޖޭގެ މަޝްހޫރު، ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ ހުޅުވިގެން ދިޔުމަކީ އެކެޑަމީއާއި ކްލަބާއި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

Ad
rt

ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކުރުމަށް ބޭއްވި ޙަރަކާތްތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު އެކެޑަމީ ގައި މިހާރުވެސް ސާޅީހަށްވުރެ ގިނަ ކުދިން ރަޖިސްޓަރީ ވެފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ދަގަނޑޭގެ އިތުރުން ޝަލަބީ އިބްރާހިމް ވެސް ވަނީ ބައިވެރި ވެފައެވެ.

މި އެކެޑަމީ ގައި މިވަގުތު ހަމައެކަނި ފުޓްބޯޅަ އަށް ކުދިން ރަޖިސްޓަރީ ކުރި ނަމަވެސް ކުރިޔަށް އޮތް ތަނުގައި ހޭންޑް ބޯލް އާއި އިތުރު ކުޅިވަރުތައް ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކު ފެށިގެން ދާނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޒީރު ސްޕޯޓްސް އެކެޑަމީންވަނީ މި ޙަރަކާތުގެ މެއިން ސްޕޮންސަރ މަޝްހޫރު ކުރަހާ ރާއްޕެ އަށް ޚާއްޞަ ޝުކުރެއް ރައްދު ކޮށްފައެވެ.

ކުރެވި ޖަމިއްޔާ އަކީ ކުމުންދޫގައި އެކި އިޖުތިމާއީ އަދި ކުޅިވަރު ހަރަކާތްތައް ހިންގަމުން އަންނަ ހަރަކާތްތެރި ޖަމިއްޔާ އެކެވެ.