ހދ. ނޮޅިވަރަންފަރު ޕީޓީއޭ ހެލްތު ރަން 2022 ގައި އަލީ އަޝްފާގް އަދި ޝަލަބީ އިބްރާހިމް ދުވެފިއެވެ.

އިއްޔެ ބޭއްވި މި ޙަރަކާތާ ގުޅޭގޮތުންް ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ޢަލީ އަހުމަދު ވިދާޅުވީ، ނޮޅިވަރަންފަރު ޕީޓީއޭ ހެލްތު ރަން 2022 އަކީ ވަރަށް ކާމިޔާބު ޙަރަކާތެއް ކަމަށެވެ.

Ad
rt

މި ޙަރަކާތަކީ ފަންޑް ރެއިޒިންގ އިވެންޓެއް ކަމަށާއި، ފަންޑް ރެއިޒް ކޮށްފައިވަނީ ޖާރޒީ ވިއްކައިގެން ކަމަށް ޢަލީ ވިދާޅުވިއެވެ. އެގޮތުން މި ޙަރަކާތުގެ ތެރެއިން 300 އަށްވުރެ ގިނަ ޖޯޒީ ވިކިފައިވާކަން ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ.

މި ޙަރަކާތުގައި ރަށުގެ ކުދިބޮޑު އެންމެން ބައިވެރި ވީއިރު، ސްކޫލުގެ ހުރިހާ ކީސްޓޭޖްތަކާއި، ފައުންޑޭޝަން ލެވެލްގެ އިތުރުން ބެލެނިވެރިންނާ މުވައްސަސާ ތަކުގެ ކެޓަގަރީން ދެ ޖިންސު ވަކިން ވަނަވަނައަށް އައި ފަރާތްތަކަށް ޢިނާމު ދީފައި ވެއެވެ.

ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް

ޕްރިންސިޕަލްވަނީ މި ޙަރަކާތް މިހާ ކާމިޔާބު ކަމާއެކު ގެންދިޔުމުގައި ޙަރަކާތްތެރިވި ޕީޓީއޭގެ ވެރިންނަށާއި، މުވައްޒަފުންނާއި މެންބަރުންގެ އިތުރުން ޢާއްމު ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ވަކިން ޚާއްޞަކޮށް ޕީޓީއޭގެ ނައިބުރައީސްގެ އިތުރުން ލަޒީޒް ކެފޭއާއި ޢަޒުމް ލޯންޗުގެ ވެރިންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.