ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު ބާއްވާ ދިވެހި ޕްރިއާމް ލީގު ކޮލިފިކޭޝަން ބުރުގެ ނޯތު ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމްގެ ޖޯޒީ ޢާއްމުކޮށް ވިއްކަން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އިހަވަންދޫ ކްލަބް ޕޯލްސްޓަރއިން ބުނީ އެފްއޭއެމުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ދިވެހި ޕްރިއާމް ލީގު ކޮލިފިކޭޝަން ބުރުގެ ނޯތު ލީގުގައި، ބައިވެރިވާ އިހަވަންދޫ ޓީމް މުބާރުތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޖާރޒީއަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ޢާއްމުކޮށް ހުޅުވާލާފައި ވާކަމަށެވެ.

Ad
rt

ކްލަބް ޕޯލްސްޓާއިން، އެފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހާއި ހަމަޔަށެވެ. ބޮޑެތި މީހުންގެ އަތްދިގު އަދި އަތްކުރު ޖާޒީވެސް 200ރ އަށް ވިއްކާއިރު ޑަކުދިންގެ އަތްދިގު އަދި އަތްކުރު ޖާޒީ ވިއްކަނީ 190ރ އަށެވެ. ޖާޒީ ގަންނަން ބޭޏުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ގޫގަލް ފޯމެއް ފުރައިގެ ޖާޒީއަށް އޯޑަރު ކުރެވޭނެ އިންތިޒާމް ކްލަބް ޕޯލްސްޓަރ އިން ވަނީ ހަމަޖައްސާފައެވެ.

އެފްއޭ އެމް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދުއްފުއްޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޫޕްގެ އޭ ގެ މެޗްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ކޮންމެ ގްރޫޕެއްވެސް 2 ރައުންޑް ކުޅުމަށް ހަމަޖެހިފައި ވާއިރު ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް ދެވަނަ ރައުންޑަށް ދަތުރުކުރާނެއެވެ.