އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ފާއިތުވި 3 މަސްދުވަހު ދެވުނު ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 'މީގެ ކުރިން ދުވަހަކުވެސް ނުވާ ވަރަށް އިތުރުވެފައިވާ' ކަމުގައި އދ. އިން ހާމަކޮށްފިއެވެ.
އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފާއިތުވި ޖުލައި މަހުން ފެށިގެން ސެޕްޓެންބަރުގެ ނިޔަލަށް ދެވުނު ހަމަލާތަކުގައި 1174 މީހުން މަރުވެ، 3139 މީހުން ޒަޚަމްވެފައި ވާއިރު، މިއީ ފާއިތުވި އަހަރުގެ މި ތިން މަހާ އަޅާބަލާއިރު %42 ގެ އިތުރުވުމެކެވެ. ގިނަ މީހުން މަރުވެފައި ވަނީ ޠާލިބާން ފަދަ، ސަރުކާރާ ދެކޮޅު ޖަމާއަތްތަކުން ދިން ހަމަލާތަކުގެ ސަބަބުންކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
މިއަހަރުގެ ފުރަމަތަ 6 މަސްދުވަހު ފާއިތުވި އަހަރުގެ ފުރަތަމަ 6 މަސްދުވަހަށްވުރެ ގިނަ މަދުން މީހުން މަރުވި ނަމަވެސް، ދެން ޖެހިގެން އައި 3 މަސް ވެގެން ދިޔައީ މާ ގިނަ މީހުން މަރުވި 3 މަސްދުވަހަށްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު 30 ގެ ނިޔަލަށް ފާއިތުވި 3 މަސްދުވަހަކީ، އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގެ މައުލޫމާތު ޔޫއެން އެސިސްޓެންސް މިޝަން އިން އަފްޣާނިސްތާން (ޔުނާމާ) އިން 2009 ވަނަ އަހަރު އެއްކުރަން ފެށީއްސުރެ އެންމެ ލޭ އޮހޮރުން ބޮޑު ތިން މަހެވެ.
މިހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދެވުނު ހަމަލާތަކުގައި ޖުމްލަ 2563 މީހުން މަރުވެ، 5675 މީހުން ޒަޚަމްވެފައި ވާއިރު، އޭގެ ތެރޭން 1149 މީހުން މަރުވެ، 1199 މީހުން ޒަޚަމްވެފައި ވަނީ ސަރުކާރުގެ ސިފައިން ނުވަތަ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދިން ހަމަލާތަކުގައި ކަން ފާހަގަކޮށްލެވެއެވެ. މި މުއްދަތުގައި މަރުވެ ޒަޚަމްވި މީހުންގެ %41 އަކީ އަންހެނުންނާ ކުޑަކުދިންކަންވެސް ފާހަގަކޮށްލެވެއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އަދަދުތަކުން ދައްކައިދެނީ ހަނގުރާމަ ހުއްޓާލައި ދާއިމީ ސުލްހައަކާ ހަމައަށް ދިމުއަށް މަޝްވަރާކުރުމުގެ މުހިއްމު ކަމެވެ. މިއީ 'އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން' ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!