ޕޭޕަލް ފަދަ މުހިއްމު ހިދުމަތްތައް ރާއްޖޭގައި ނުލިބޭކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި އެކަންތަކަށް ހައްލެއް ގެނައުމަށް މަރުކަޒީ ބޭންކުން ނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނަމުގައި ޕޭމަންޓް ސިސްޓަމެއް ހަދަމުން އަންނަކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަކީ، އަގުބޮޑު، ބޭނުން ކުރަން އުނދަގޫ އަދި އެންމެ އެކަށީގެންވާ ސިސްޓަމް ނޫންކަމަށް ވަރަށް ގިނަ ބަޔަކު ބުނާކަމަށެ އެވެ.

Ad
rt

"އެއީ ރާއްޖޭގެ އިގުތިސޯދަށް އިންގިލާބީ ބަދަލެއް އަންނާނެކަމެއް، އޭގެ ފުރިހަމަ ގޮތުގައި ތަންފީޒުވެގެން ހިނގައްޖެ ނަމަ،"

ނޭޝަނަލް ޕޭމަންޓް ގޭޓްވޭއަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުުވި އެވެ.

މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިހުރީ ޑިޖިޓަލް އިކޮނޮމީއަކާ ދިމާލަށް ކަމަށެވެ. އެކަމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ސަރުކާރުގެ ލީގަލް ފްރޭމްވޯކް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވި އެވެ.

ލީގަލް ފްރޭމްވޯކުގެ ތެރެއިން، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ލިބޭ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކުރުމަކީ އަމާޒެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.