ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔަރ ވެހިކަލްތައް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ، 14 ފަޔަރ ސްޓޭޝަނަށް ފޮނުވައި ނިންމާލައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ 14 ފަޔަރ ސްޓޭޝަނަށް ފޮނުވިފައިވަނީ 24 ވެހިކަލް އަދި 05 ލޯންޗު ކަމަށެވެ. މި ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑަރ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލުމުގެ ގާބިލްކަން ލިބިފައިވާއިރު ފޯރމް ޓެންޑަރ ވެހިކަލްގައި 200 ލީޓަރު ފޯރމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލެއެވެ.
މި ވެހިކަލްތަައް ފޮނުވިފައިވާ ރައްތަކަކީ މާލޭ، ހުޅުމާލޭ، ވިލިމާލެ، ހދ. ކުޅުދުއްފުށި، ޅ.ނައިފަރު، ތިލަފުށި، އދ.މާމިނގިލި، ފ.ނިލަންދޫ، ދ. ކުޑަހުވަދޫ، ލ.ކައްދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ.ހިތަދޫ އަދި ސ ހުޅުމީދޫއެވެ.
Japan sarukaarun hadhiyaakuri fire vehicle thah fonuvumah kandaelhifaivaa rahthakah fonuvaa nimijje. Mi vehicle thakuge thereygai 24 fire vehicle aai 5 launch himeney pic.twitter.com/YaYUQabnmn
— Maldives National Defence Force (@MNDF_Official) October 7, 2019
މި ވެހިކަލްތަކަކީ 5 ޑިސެންބަރު 2018 ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ވެހިކަލްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!