އެމްޑީއެން އުވާލުމަށް ގޮވާލާ ހަދާފައިވާ އޮންލައިން ޕެޓިޝަންގައި 14000 މީހުން ސޮއިކޮށްފިއެވެ.

3 ދުވަސްކުރިން ފެށި މި ޕެޓިޝަންގައި މިހާތަނަށް ޖުމްލަ 14000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެ، އެމްޑީއެން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ގޮވާލާފައެވެ.

Ad
rt

ޤުރުއާން އަށް ފާޑުކިޔާ، މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކޮށް އިސްލާމް ދީނަށް އިހާނެތިކޮށް ބަސް ބުނާ ލާދީނީ އެމްޑީއެން އުވާލުމަށް، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް އަށް ގޮވާލަން! އެމްޑީއެން ވާނީ ޤާނޫން އަސާސީއާ، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ޤާނޫނާ، ޤާނޫނުލް އުޤޫބާތާއި ޖަމިއްޔާ ތަކާ ބެހޭ ޤާނޫނާ ޚިލާފުވެފަ އެ ޖަމިއްޔާ އުވާނުލެވޭނަމަ އެއީ ޣައިރު ޤާނޫނީ އެހެން ޖަމާ އަތްތަކަށް ވެސް ދެވޭ ފުރުސަތެއް.

އޮންލައިން ޕެޓިޝަންގައި ސޮއިކުރާއެންމެން ގޮވާލާފައިވެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓަކީ އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއެކެވެ. އެ ރިޕޯޓުގައި ކީރިތި ޤުރްއާނާއި ސުންނަތާ ހިލާފު ވާހަކަތައް ހުއްޓެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި ލާދީނީ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެ ރިޕޯޓް ނެރުނު ފަރާތްތަށް ހައްޔަރު ކުރުމަށް ވެސް ބައެއް އިލްމުވެރިން ދަނީ ގޮވާލަމުންނެވެ.

ޕެޓިޝަން ލިންކް