ރައްޔިތުންގެ މަޖިލިސްގެ އަމީން އާންމުގެ ގޮތުގައި ހުންނެވި ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލްގެ ގޮތުގައި ހުންނެވި ފާތިމަތު ފިލްޒާ އަދި ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމްގެ މަގާމު ދަމަހައްޓަން މަޖިލީހުން ނިންމިގޮތާމެދު ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ޤާނޫނީވަކީލު ޢަލީ ހުސައިން ސުވާލު އުފައްދަވައިފިއެވެ.

އެތިންބޭފުޅުންގެ މަޤާމު ދަމަހައްޓަން އާންމުކޮށް އިއުލާނު ކުރުމެއްނެތި މަޖިލިސްއިން ފާސްކުރީ 3 އޮކްޓޯބަރ 2019 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސްގެ މިއަހަރުގެ ތިންވަނަ ދައުރުގެ 48 ވަނަ ޖަލުސާއިން 59 މެންބަރުންގެ ވޯޓުންނެވެ.

Ad
d

މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާނުލައި ރައްޔިތުންގެ މަޖިލީހުގެ އާ ގަވައިދުގެ ދަށުން، އެ މަޖިލީހުގެ އިދާރީ
ހިންގުމުގައި ތިއްބެވި ތިން ބޭފުޅުން އެ މަގާމުތަކުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމުން، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި އެތިންބޭފުޅުން މަޤާމު ދެމެހެއްޓިކަމަށް މިހާރު ނޫހުންގެނެސްދީފައިވާ ޚަބަރު ޝައަރކުރައްވާ ވިދާޅުވީ، މަޖިލީހުގެ ޤަވާއިދު ރަނގަޅަށް މާނަކުރާނަމަ މަގާމުތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވައިނުލައި މިގޮތައް އަމަލުކުރަންޖެހޭ އެކަށީގެންވާ ރަނގަޅު ސަބަބެއް އޮތްކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ޤައުމާއި ރައްޔިތުންގެ މަޖިލިސްއޮތީ ހާލަތުލް ޒަރޫރާގައި ނޫންކަމަށެވެ.

ރައްޔިތުންގެ މަޖިލިސްގެ ޤަވާއިދު ބުނާގޮތުން އެތިން މަގާމުތަކަށް މީހުން އައްޔަންކުރުމުގައި، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުގެ ރައީސް އާންމުކޮށް ހުޅުވާލަންވާނެއެވެ. އަދި އެ ތިން މަގާމަށް މީހުން އައްޔަންކުރުމުގައި، އެ މަގާމަކަށް ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް މަޖިލީހުގެ ރައީސް، މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި އަދި އެއިން ކޮންމެ މަގާމަކަށް އައްޔަންކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާ މީހެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

Ad
df

އަލަށް އެކުވަލާލި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ އަލަށް އިންތިހާބުވާ ކޮންމެ މަޖިލީހެއްގެ ދެވަނަ ދައުރު ނިމުމުގެ ކުރިން އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސް ގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހެއެވެ.