ކޯވިޑް-19 ބަލީގައި އައްޑޫ ސިޓީއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއް ކަމަށެވެ.

Ad
rt

މިއީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމު 12:10 ހާކަށް ހާއިރުއެވެ. މިއީ އައްޑޫ ސިޓީން މި ބަލީގައި ނިޔާވި 6 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 241 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި މަރުތައް މަދުވެފައި ވީނަމަވެސް އަނެއްކާ ވެސް މި ބަލީގައި މަރުވާ މީހުން ގެ އަދަދު އަންނަނީ މަޑުމަޑުން މަތިވަމުންނެވެ. މިގޮތުން މި މަހުވެސް އިތުރު 8 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މިގޮތުން ބަލާއިރު، މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 44 އަހަރުގެ އަންހެނެއް ނިޔާވެފައިވާއިރު، 18 ވަނަ ދުވަހު ވަނީ އައްޑޫން 87 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ. އަދި މި މަހުގެ 17 ވަނަ ދުވަހު ހުޅުމާލެ ފެސިލިޓީގައިމި ވަނީ 80 އަހަރުގެ ފިރިހެނަކު ނިޔާވެފައިވެފައެވެ.

މި މަހުގެ 13 ވަނަ ދުވަހު އައްޑޫގައި 87 އަހަރުގެ މީހެއް މި ބަލީގައި ނިޔާވެފައިވާއިރު، މި މަހުގެ 12 ވަނަ ދުވަހު 81 އަހަރުގެ މީހެއް ގދ. ތިނަދޫގައި ވަނީ ނިޔާވެފަ ވެއެވެ.

މި މަހުގެ 9 ވަނަ ދުވަހުވެސް 72 އަހަރުގެ މީހަކު ނިޔާވިއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވިމީހެކެވެ. އަދި މި މަހުގެ 8 ވަނަ ދުވަހު އައްޑޫން މިބަލީގައި 97 މީހަކު ނިޔާވެފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހު 54 އަހަރުގެ މީހެއް ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވެފައެވެ.

މި އެންމެންނަކީ ވެސް ދިވެހިންނެވެ.