ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ފްރީ ޑައިވް ވޯލްޑް ރެކޯޑެއް ހަދައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވޯލްޑް ރެކޯޑެއް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ”ފްރީ ޑައިވް“ ހަރަކާތް "ނޭވާ" ކުރިއަށްގެންގޮސްފައިވަނީ ބަރޮސް މޯލްޑިވްސް ފަޅުތެރޭގައެވެ.

Ad
d

ފްރީ ޑައިވް ހަރަކާތަކީ އެއް ތަނަކަށް އެންމެ ގިނަ ފްރީޑައިވަރުން އެއްފަހަރާ ފީނުމުގެ ދުނިޔޭގެ ރެކޯޑް ގާއިމްކުރުމަށް ބޭއްވި ހަރަކާތެކެވެ. ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި ބޭއްވި މި ރެކޯޑުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތާއެކު 900 އެއް ހާ މީހުން ރަޖިސްޓްރީވެފައި ވާއިރު އެވަލުއޭޓް ކުރުމަށްފަހު ބައިވެރިކޮށްފައިވަނީ 512 ޑައިވަރުންނެވެ. މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންފައިވާ އިރު މި ހަރަކާތުގައި ދުނިޔޭގެ ފްރީޑައިވިން ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް ބައިވެރިވެފައިވެއެވެ.

އެއްފަހަރާ 280 މީހުންނާ އެކު ފްރީޑައިވްކޮށްގެން ދުނިޔޭގެ ރެކޯޑް މިހާރު ހޯދާފައި އޮތީ އިޓަލީގެ ވެރޯނާގަ އެވެ. އެއީ 11 އޮކްޓޯބަރު 2009 ގަ އެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދުމުގެ ލަނޑުދަނޑި ކަނޑައަޅައި މަސައްކަތް ފެށިކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއުލާން ކުރެއްވީ ޓޫރިޒަމްގެ އާ މާސްޓާ ޕްލޭން އިފްތިތާހް ކުރި ރޭގަ އެވެ.

އެ ރޭ މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ރެކޯޑެއް ގާއިމްކުރުމަށް، މާލެ ވަށައިގެން ހިއުމަން ރިންގެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

Ad
df

ޓޫރިޒަމް ދުވަހުގެ އެކި އެކި ހަރަކާތްތައް ފަށާފައވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ވ. އަތޮޅުންނެވެ.