މިދިޔަ އަހަރުގެ އޯގަސްޓު މަހާއި އަޅާ ބަލާއިރު، ނިމިދިޔަ އޯގަސްޓް މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 22 އިންސައްތަ ދަށްވެއްޖެއެވެ.
މިދިޔަ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ރާއްޖެއިން 4.2 މިލިޔަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފައެވެ. އެހެންނަމަވެސް މި އަހަރުގެ އޯގަސްޓު މަހުގައި ރާއްޖެއިން އިމްޕޯޓް ކޮށްފައިވަނީ 3.3 މިލިއަން ރުފިޔާގެ މުދަލެވެ. އިމްޕޯޓް ދައްވުމާއި އެކު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީވެސް ވަނީ ދައްވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ އޯގަސްޓް މަހާއި އަޅާ ބަލާއިރު، މިއަހަރު ވަނީ ކަސްޓަމްސް އިން ލިބުނު އާމްދަނީ 13 އިންސައްތަ ދަށަށް ގޮސްފައެވެ.
މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ޤައުމުތަކަށް ބަލާއިރު، އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރު، ޔޫއެއީ، ޗައިނާ އިންނެވެ. މީގެ ކޮންމެ ޤައުމަކުން ޖުމްލަ އިމްޕޯޓުގެ 14 އިންސައްތަ ހިއްސާކުރެއެވެ.
އެންމެ ގިނައިން ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ ކާނާގެ ބާވަތްތަކާއި މެކޭނިކަލް އަދި މެޝަނަރީޒްއެވެ. ދެވަނައަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!