މިއަދު ފަތިހުގެ ވަގުތެއްގައި ވަށަފަރުން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު މޫދުގައި އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.

ވަށަފަރު ކައުންސިލްގެ ނައިބްރައީސް ރައޫފް ތިދަލުންއަށް މަޢުލޫމާތުދެއްވިގޮތުގައި މިމީހާއަކީ އުމުރުން 70 އަހަރަށް ވުރެމަތީ މީހެއްކަމަށާއި ރޭގަފަތިހުގެ ވަގުތެއްގައި އެރަށުމީހެއް ގެއްލިގެން އާއިލާއިން އެކައުންސިލަށް 6:10 ހާއިރު ރިޕޯޓް ކުރުމުން ކައުންސިލުން ރައްޔިތުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ.

Ad
d

ރައްޔިތުންނިކުމެ ރަށުގެ އެކި ސަރަޙައްދާއި މޫދު ސަރަޙައްދު ބަލަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ އެރަށު ތުނޑިއާ ދިމާލުން އޮޔާދަނިކޮށް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެރަށު ކައުންސިލުންވަނީ މިކަމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ފާހަގަކުރައްވާފައެވެ.

މިމީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ފަޅުތެރެ ބަލާ ހޯދުމުގައި ހަރަކާތްތެރިވި ވަށަފަރު ވޯޓާރ ސްޕޯޓްސްގެ ޖެޓްސްކީއަކަށް ކަމަށް އެރަށުން މަޢުލޫމާތު ދެއްވި ފަރާތުން ހާމަކުރިއެވެ. ފަޅުތެރެއިން ޖެޓްސްކީގައި ގެނެސް ލޯންޗަކަށް އަރުވައިގެން ބަނދަރު ސަރަޙައްދަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ad
df

މިމީހާ ފެނިފައިވަނީ ހެނދުނު 7:10 ހާއިރުކަމަށާއި މިމީހާގެ ހާލު ރަނގަޅުކަމަށް އެރަށުން ވާހަކަ ދެއްކިމީހާކު ބުނެފައިވެއެވެ.