ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އަޅައި ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މަގުހެދުމުގެ މަޝްރޫއުވެސް މިހާރު ވަނީ ނިމުމަކާ ގާތް ވެފައެވެ. އެގޮތުން އެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ޖުމުލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ވަނީ ތާރު އަޅައިފައެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.

މިއީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.