L
ކަޒަކިސްތާނުން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.
އެ ގައުމާ ރާއްޖެއާ ދެމެދު ދަތުރު ކުރާނީ އެއާ އަސްތާނާ އިންނެވެ. މިއީ ކޯވިޑް-19ގެ ހާލަތަށް ފަހު އެ ގައުމުން ބައިނަލްއަގުވާމީ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. އެގޮތުން 16 ގައުމަކަށަ ދަތުރު ކުރުމަށް އެ ގައުމުން ވަނީ ހުއްދަ ދީފައެވެ.
ކުރިއަށް އޮތީ “ފެސްޓިވަލް” ސީޒަން ކަމަށްވާތީ ގިނަ ބަޔަކު ރާއްޖެއަށް އަންނަ ބޭނުންވެއެވެ. މިއީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދުވަސްވަރެވެ.
ކަޒަކިސްތާނުން ރާއްޖެއަށް ދަތުރުތައް ފެށުމުން އެ ގަައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ އިތުރުވާނެއެވެ.
ރާއްޖެއަށް ފަތުރުވެރިންނަށް އާދެވޭނީ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކުގައެވެ. ކަޒަކިސްތާނުން ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި ގައުމަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެއެވެ.
ރާއްޖެއަށް މިއަހަރު 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މިހާރު ލަފާ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!