ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ވޯޓުގައި ކޯލިިޝަން ގައި ހިމެނޭ ޕާޓީ ތަކުގެ މެމްބަރުން ބައިވެރިނުވުމަކީ ވިސްނަންޖެހޭ ސީރިޔަސް މައްސަލައެއްކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރުން ހުށަހަޅާ މުހިންމު ބިލްތަކަށް ސަރުކާރު ކޯލިޝަންގައި ތިބި މެމްބަރުން، މަޖިލިސް ކުރާ ގެޔަށް ވަޑައިގެން ވޯޓުގައި ބައިވެރިނުވުމަކީ ވިސްނަންޖެހޭ ސީރަޔަސް މައްސަލައެއް ކަމަށެވެ.
Sarukaarun hushahalhaa muhinmu bill thakah sarukaaru coalition gai thibi membarun majlis kuraa geyah vadaigen vote gai baiveri nuvumakee visnan jehey serious massala eh.
— Ahmed Saleem (@SalleHoarafushi) September 30, 2019
ސަލީމް މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން، ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ، ސަރުކާރުން މަޖިލީހަށް ފޮނުވާ ބައެއް ބިލްތަކުގެ ވޯޓު ނަގާ ގަޑި ތަކުގައި، މަޖިލީހުގެ ތަޅުމަށް ވަޑައިނުގެން، ވޯޓުގައި ބައިވެރިނުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!