ށ.ފީވަކުގައި ސަރުކާރުން އަޅުއްވާ ދެއްވާ ފުޓްސަލް ދަނޑުގައި މިހާރު ޖަހާފައިހުރި ފެންސް ނެގުމަށްފަހު، އަލުން ފެންސް ޖަހާ އަދި މިހާތަނަށް ނުނިމިހުރި މަސައްކަތްތައް ނިންމާ ދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި މަސައްކަތްތައް ކުރަންޖެހޭނީ އެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައިކަމަށްވެސް އެފަރާތުގެ އިއުލާނުގައި ވަނީ ބުނެފައެވެ.

Ad
d

އެގޮތުން މި މަސައްކަތްކޮށް ދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް އެއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އިއުލަނުގައި އެދިފައިވެއެވެ.

Ad
df