ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ގައުމީ ޓީމާއެކު ތިބި ކަން ހާމަކޮށް، އެ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދީފިއެވެ.
އެ ކުންފުނިން ބުނީ، ހުރިހާ މުވައްޒަފުންވެސް ތިބީ ގައުމީ ރޫހައި ގައުމީ ޖޯޝުގައި ކަމަށެވެ. އަދި އެންމެންވެސް ތިބީ ދިވެހި ގައުމީ ޓީމާއެކުގައި ކަމަށް ފެނަކައިން ބުންޏެވެ.
ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާއި އެ ކުންފުނީގެ މުވައްޒަފުން ވަނީ ގައުމީ ޖާޒީގައި ފޮޓޯއެއް ހިއްސާކޮށްފައެވެ.
ފެނަކައިގެ އިތުރުން ސަރުކާރު ގިނަ ކުންފުނިތަކުންވެސް ދަނީ ގައުމީ ޓީމާއެކު ތިބިކަން ހާމަކޮށް ހިތްވަރު ދެމުންނެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ މާދަމާ 9:00 ގައެވެ. މި މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު މެޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!