ހއ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރޭ 20:30 އިން ފެށިގެން ދަންވަރު2:30 އާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ގަދަޔަށް ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިޔަކު40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

Ad
d

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ދިވަސްވަރަކަށް ވުމުން، މޫސުމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އަދި ޚާއްސަކޮށް، ކަނޑު ދަތުރު ފަތުރު ކުރައްވާ ފަރާތްތަކުން، އޮޑީގައި ސަލާމަތީ ހުރިހާ ކަމެއް ރަނގަޅަށް ހުރިތޯ ބެލުން މުހިންމެވެ.

Ad
df