ހއ. އިހަވަންދޫ އިންޖީނުގޭގެ ޑެގް ރޫމް ބޮޑުކުރުމާއި، ޗިމްނީ އިމާރާތް ކުރުމާއި އަދި ޑޭ ޓޭންކެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި ފެނަކަ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ވަނީ އެ ކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް އިހަވަންދޫ އިންޖީނުގޭގެ ޑެގް ރޫމް ބޮޑުކުރުމާއި، ޗިމްނީ އިމާރާތް ކުރުމާއި އަދި ޑޭ ޓޭންކު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
d

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަ މަހުގެ 13 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންނަ މަހުގެ 21 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފެނަކައިން އެދެއެވެ، މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހަޅާނީ ފެނަކަ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގައެވެ.

Ad
df

އިއުލާނުގައި ބުނެފައި ވަނީ މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށާއި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށެވެ.