މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިޖުތިމާއީ ޒިންމާގެ ދަށުން ގއ. ދާންދޫގެ މަގުތައް ލެވެލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން މަގުތައް ލެވެލް ކުރުމުގެ އިތުރުން އެ ރަށުގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ސާފުކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވާ މަގުތަކަށް ވެލިއަޅައިދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Ad
rt

މި މަސައްކަތުގެ ދަށުން ހުރިހާ ހަރަދެއް ކުރާނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން އަންނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ދާދި ފަހުން މާލޭގެ އާޓިފިޝަލް ބީޗުގައި ވީލްޗެއާގައި އުޅޭ މީހުންނަށް ހާއްސަ ރޭމްޕެއްވެސް ވަނީ ހަދައިފައެވެ.

މީގެއިތުރުން އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ބިޔަ ތަރައްގީގެ މަޝްރޫޢުތައް ހިންގަމުން އަންނަ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެއާޕޯޓްތައް ތަރައްގީ ކުރުމާއި ބިން ހިއްކުމާއި، މަގުތައް ހެދުންފަދަ މަޝްރޫޢުތައް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.